މަޤާމު: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު: 01 (އެކެއް)
|
ކުލެސިފިކޭޝަން: MS3
|
އަސާސީ މުސާރަ: -/7,035 ރ
|
ސަރވިސް އެލަވަންސް: -/2,000ރ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
:މަޤާމުގެ ޝަރުޠުތައް
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަޤާމާ ގުޅޭ ދާއިރާއަކުން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
- މަޤާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
- މަޤާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
- މަޤާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- މީހުން ބިނާކުރުމާއި އިޖްތިމާޢީ މަޝްރޫޢުތަކަށް އެކުލަވާލެވޭ ޕްރޮޖެކްޓްތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
- ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
- ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބަލައި ވަޒަންކުރުން.
- ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު ލިބޭ މަޢުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
- ޕްރޮޖެކްޓްތަކާ ގުޅިގެން ދޭންޖެހޭ ތަމްރީނުތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ ކަރުދާސް ތައްޔާރުކުރުން.
|
:އުޖޫރައާއި ޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4,000 (ހަތަރުހާސް) ރުފިޔާ ލިބޭނެއެވެ.
|
މަތީގައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން
|
- މަތީގައިވާ މަޤާމުތަކަށް މީހުން ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
|
:ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް, މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އަދި ސެޓުފިކެޓު ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
- ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)
|
:ސުންގަޑި
|
- މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 31 އޮގަސްޓު 2015 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
:އިތުރު މަޢުލޫމާތު
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު: 3013124 އަދި 3006724 ން ސާފުވާނެއެވެ.
|