| 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
| 
 ޑިޕާޓްމަންޓް 
 | 
 އެންވަޔަރަމަންޓް އޮޑިޓް 
 | 
| 
 އަސާސީ މުސާރަ 
 | 
 -/11،500ރ. 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 ސަރވިސް އެލަވަންސް (ފިކްސްޑް): -/3،300ރ.  
ސަރވިސް އެލަވަންސް (ދުވަލަކަށް): 153/33ރ. 
 | 
| 
 ލިވިންގ އެލަވަންސް 
 | 
 -/3,000ރ. 
 | 
| 
 ސްޕެޝަލް އެލަވަންސް 
 | 
 -/2,000ރ. 
 | 
| 
 ޕްރޮފެޝަނަލް އެލަވަންސް 
 | 
 މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2,000ރ. 
ޑިގްރީ ހާސިލްކޮށްފައިވާނަމަ  -/1,000ރ. 
 | 
| 
 އަސާސީ ޝަރުތު 
 | 
 1. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއިގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއިގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން. 
 | 
| 
 އެހެނިހެން ޝަރުތު 
 | 
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުންޢަމަލުކުރަންޖެހޭ އުސޫލަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
 
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
  | 
| 
 މަގާމުގެ މަސްއޫލިއްޔަތު 
 | 
   
- އެކުލަވާލާފައިވާ އެންވަޔަރަންމަންޓަލް އޮޑިޓްގެ ޓޮޕިކްތައް އޮޑިޓް ކުރުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން. 
 
- އެންވަޔަރަންމަންޓަލް އޮޑިޓްއަށް ބޭނުންވާނެ ވަސީލަތްތައް ރާވާ، ހޯދޭނެ މަގު ފަހިކުރުން.
 
- އެންވަޔަރަންމަންޓަލް އޮޑިޓް ޑިޕާޓްމަންޓުގައި ހިމެނޭ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާ އަދި އެހެން އޮފީސްތަކުގެ މުވައްޒަފުންނަށް، (ބޭނުންވެއްޖެ ހިނދެއްގައި)  މިފަދަ އޮޑިޓާއި ގުޅޭތަމްރީނުތައް ހިންގުމަށް ބޭނުންވާ މަސައްކަތްތައް ކުރުން. އަދި އޮޑިޓް ޓީމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ "އޮން-ދަ-ޖޮބް" ޓްރެއިނިންގ ދިނުން.
 
- އޮޑިޓް ޓީމްގައި ހިމެނޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު، ޕްރޮފެޝަނަލްކޮށް ހުރިހާ މުވައްޒަފުންނަށް އެއް އުޞޫލަންކުން އެއް ހަމައެއްގައި ބެލުން.
 
- އެންވަޔަރަންމަންޓަލް އޮޑިޓްގެ ޓޮޕިކްތައް އޮޑިޓް ކުރުމަށް ބޭނުންވާ އޮޑިޓް ޕްލޭން ކުރުމުގެ އެންމެހާ މަސައްކަތް ކޯޑިނޭޓު ކުރުމާއި، އޮޑިޓް ޕްލޭން މުރާޖަޢާ ކުރުމާއި ފާސްކުރުމާއި، އޮޑިޓް ޕްލޭނަކީ ރިސްކް ބޭސްޑް އުސޫލުން އެކުލަވާލެވިފައިވާ ޕްލޭނެއްތޯ ބެލުމާއި އަދި ޕްލޭނުގައި ހިމަނާފައިވާ މަސައްކަތަށް ބޭނުންވާ ވަގުތަކީ އެކަށީގެންވާ ވަގުތުތަކެއްތޯ ބެލުން. 
 
- އޮޑިޓްގެ ޢަމަލީ މަސައްކަތް (ފީލްޑް ވާރކް) ކޮށްފައިވަނީ އޮޑިޓް ޕްލޭނާއި އިންޓަރނޭޝަނަލް އޮޑިޓިންގ ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.
 
- ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓް ރިޕޯޓެއް ނުވަތަ އެހެންވެސް މައުލޫމާތެއް ހުށަހަޅަން ޖެހިއްޖެ ހިނދެއްގައި އެކޮމިޓީއަށް މައުލޫމާތު ދިނުމަށް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން. އަދި ކޮމިޓީއާ ހިއްސާކުރަން ބޭނުންވާ ކަންތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.
 
- އޮފީހުގެ ސްޓްރެޓެޖިކް އޮޑިޓް ޕްލޭން (ދުރު ރާސްތާ އޮޑިޓް ޕްލޭން) ތައްޔާރުކުރުމުގައި ބައިވެރިވުމުގެ ގޮތުން ، އެ ކަރުދާހުގައި ހިމަނަންޖެހޭ އޮޑިޓް ކުރަންޖެހޭ ދާއިރާތަކާއި ބޮޑަށް ބަލަންޖެހޭ ކަންތައްތަކާއި އަދި އިސްކަންދޭންޖެހޭ ކަންކަން ހިއްސާކުރުން.
 
- އޮފީހުން ބޭރުގެ ފަރާތްތަކާއިއެކު ބާއްވާ ބައްދަލުވުންތަކުގައި (ޕީއޭސީ، މިނިސްޓްރީ އޮފް ފިނޭންސް އަދި ސަރުކާރުގެ އެހެނިހެން މަޝްވަރާ ބައްދަލުވުންތައް ޝާމިލްވާގޮތަށް) އޮޑިޓަރ ޖެނެރަލްގެ އޮފީސް ތަމްޞީލުކުރުމާއި އަދި އެފަދަ ބައްދަލުވުންތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން، އެފަދަ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ފޯރުކޮށްދިނުން.
 
- އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުން. މީގެ އިތުރުން އޮޑިޓްގެ މަސައްކަތު ކަރުދާހުގައި ހިމަނަންޖެހޭ މައްސަލަތައް ވަގުތުން ވަގުތަށް އޮޑިޓް ކުރެވޭ މުއައްސަސާތަކާއި މަޝްވަރާކުރުން. އަދި އާއްމުގޮތެއްގައި، ހުރިހާ ސެކްޝަންތަކެއްގައިވެސް އޮޑިޓްގެ މަސައްކަތުގައި ދާއިމީ ގޮތެއްގައި ޓީމް މޭޓާއި އައިޑިއާ އަދި އެހެނިހެން ޕްރޮގްރާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވެމުންދޭތޯ ޔަޤީންކުރުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
 
- ކަވަރ ލެޓަރ.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ 
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.) 
6. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު. 
 | 
| 
 އެހެނިހެން 
 | 
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު އެ ކެންޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
 
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
 
-  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
 
- މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
 
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
 
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
 
  | 
| 
 އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި 
 | 
 7 މޭ 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. https://www.audit.gov.mv/vacancies 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348275 / 3348200 ނަންބަރު  ފޯނަށެވެ. 
 |