|
އިޢުލާނު
|
|
މަޤާމު:
|
ޑިރެކްޓަރ
|
|
މަޤާމުގެ ނަންބަރު:
|
J-408699
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
އީ.އެކްސް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑިރެކްޓަރ
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މާލެ
|
|
މުސާރަ:
|
-/8835 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 . އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 1100.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ނޮލެޖް މެނޭޖްމަންޓް އެންޓް އައުޓްރީޗް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ރާވާ ބެލެހެއްޓުން.
- ރާއްޖޭގެ ތަރައްޤީ ބައްޓަން ކުރުމުގައި ޤުދުރަތީ މާހައުލު ތަރައްގީގެ ބިންގަލެއްކަމުގައި ހެދުމަން ކުރަންޖެހޭ މަސައްކަތަތް ރާވައި ހިންގުން.
- ރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަންނާނެ ސްޓެޓިސްޓިކަލް މަޢުލޫމާތު ހޯދާނެ އިންޑިކޭޓަރތަކެއް އެކުލަވާލާ އިންޑިކޭޓަރުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމުގެ މަސައްކަތް ރާވާ ހިންގުން.
- ތިމާވެށި ހާލަތު ދައްކުވައިދޭ ރިޕޯޓު ޕޮލިސީ ލެވަލްގައި ސަމާލުކަމަށް ގެނައުން. އަދި މިރިޕޯޓުގައި ވާ ކަންތައްތައް މުހިންމު ނިންމުންތައް ނިންމާއިރު ބޭނުންކުރުމަށް މަގުފަހިކުރުން.
- ތިމާވެއްޓާއި ގުޅޭގެ މަޢުލޫމާތު ގައުމީ ފެންވަރުގައާއި، އަތޮޅުފެންވަރުގައާއި، ރަށުފެންވަރުގައި އަދި ފަރުދީ ފެންވަރުގައި ގަވައިދުން ހޯދޭނެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރިޔަށް ގެންދާ ތިމާވެށީގެ ގައުމީ މަހާސިންތާ ރާވާ ކުރިޔަށް ދާ ގޮތް ބަލާ، ފަންނީ ލަފާ ދިނުން.
- ނޮލެޖް އެންޑް އެމްޕަވަރމަންޓް ސެކްޝަން އިން ތިމާވެށީގެ ގޮތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ހުރިހާ ޕޮރޮގްރާމެއް ރާވާ ހިންގުމުގައި ފަންނީ ލަފާ ދިނުން.
- ނޮލެޖް އެންޑް އެމްޕަވަރމަންޓް ސެކްޝަންގެ ބަޖެޓާއި ވާރކްޕްލޭން އެކުލަވާލާނެ ގޮތަކާއި މެދު އިރުޝާދު ދީ ވާރކްޕްލޭން ގައި އެކުލަވާލައިފައިވާ މަސައްކަތްތައް ކުރިއަށްދާ ގޮތް މޮނިޓަރ ކުރުން.
- ތިމާވެއްޓާއި ގުޅޭ ގައުމީ އަދި ބައިނަލް އަގްވާމީ މަޢުލޫމާތުތައް އެއްކޮށް ތަރުތީބުކޮށް ފަސޭހައިން މަޢުލޫމާތު ހޯދޭނެގޮތެއްގެ މަތިން ބަލަހައްޓާ އަޕްޑޭޓް ކުރުމުގެ މަސައްކަތް ރާވާ ހިންގުން.
- ތިމާވެއްޓާއިގުޅޭ ތަފާތު ލިތުންޔަކާއި، ދިރާސާ ރިޕޯރޓްތަކާއި، ސާރވޭތަކާއި، އަދި އެހެނިހެންވެސް ޕަބްލިކޭޝަންތަކުގެ އަރކައިވެއް ހަދައި ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގުމަށް ފަންނީ ލަފާ ދިނުން.
- ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، 12 ވަނަ ލަނޑުދަނޑި ކަމުގައިވާ ތަކެތި އުފައްދާ ބޭނުން ކުރުމުގައި ޒިންމާދާރުވުމުގެ މަސައްކަތް ކުރުމަށް ފަންނީ ލަފާ ދިނުން.
- ދިވެހިރާއްޖޭގައި މަސައްކަތް ކުރާ، ތިމާވެށީގެ ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން ތިމާވެށި ހިމާޔަތް ކުރަން ކުރަން ޖެހޭ ކަންކަން ރާވާ ހިންގުމަށް ފަންނީ ލަފާ ދިނުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޓްމޮސްފިއަރިކް ކެމިސްޓްެރީ
- އެޓްމޮސްފެރިކް ސައިންސް
- ބަޔޯ ޑައިވާސިޓީ
- ކެމިސްޓްރީ
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ސައިންސް
- ކްލައިމެޓޮލޮޖީ
- ކޯސްޓަލް ޒޯން މެނޭޖްމަންޓް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮލޮޖީ
- އެނަރޖީ
- އެނާރޖީ މެނޭޖްމަންޓް
- އެންވަޔަރަންމެންޓަލް ކެމިސްޓްެރީ
- އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
- ޖިއޯމެޓިކްސް
- ޖިއޯސްޕާޝިއަލް ސައިންސް
- އިންފޮމޭޝަން ރިސޯސަސް މެނޭޖްމަންޓް
- މެރިން ބަޔޮލޮޖީ
- މެރިން ކެމިސްޓްރީ
- މެރިން އިކޮނޮމިކްސް
- މެރިން އިންޖީނިއަރިންގ
- މެރިން ސައިންސް
- މެރިން ސަރވޭ
- މެރިން ޓެކްނޮލޮޖީ
- މައިކްރޯބަޔޮލޮޖީ
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- އޯގަނިކް ކެމިސްޓްރީ
- ސްޓެޓިސްޓިކްސް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އާރބަން ޕްލޭނިންގ
- ވޭސްޓް މެނޭޖްމަންޓް
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ ކެމިސްްޓްރީ
- ވޯޓަރ އިންޖީނިއަރިންގ
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ޓެކްނޮލޮޖީ
ޕްރިފަރޑް ޑިސިޕްލިން(ތައް):
ކޯ ޑިސިޕްލިން(ތައް)
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
|
|
ގުޅޭވަޒީފާގެ ދާއިރާތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މެއި 06 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 07 މެއި 2025 އާއި 28 މެއި 2025 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|