މަސައްކަތް
ނަންބަރު: GS-186/IU/2015/20
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 27 އޮގަސްޓް 2015 13:00
އިސްދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިސްދޫ ސްކޫލުގެ މިދަންނަވާ ތަންތަން މަރާމާތުކުރުމަށް ބޭނުންވެއްޖެ

  • ފާޚާނާ މަރާމާތުކުރުން
  • އޮފީސް ހިމެނޭ އިމާރާތުގެ ކޮޅުބިތު ސީލިންގު މަރާމާތުކުރުން

ވީމާ، މަތީގައި ދެންނެވިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި މި ސްކޫލުން އެދޭގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ. އިސްދޫ ސްކޫލުގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް ލ. އިސްދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު މަސައްކަތްތައް ވަކިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

27 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް

03 ސެޕްޓެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6800562 އަދި 7666920 ފޯނާ ގުޅުއްވުން އެދެމެވެ.               

23 އޮގަސްޓް 2015