ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2025/95
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 01 މޭ 2025 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ހިއުމަންރިސޯސް ޑިޕާޓްމެންޓް (ހެޑް އޮފީސް)

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ އިއުލާން ނަމްބަރ:  އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައިނުވާތީ, އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިއުމަންރިސޯސް ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

-/4950 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/2970 ރުފިޔާ
  • މިނިމަމް ވޭޖް އެލަވަންސް: -/2326.5 ރުފިޔާ
  • ފުޑް އެލަވަންސް: -/1800 ރުފިޔާ
  • ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
  • ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް ހާސިލްކޮށްފައިވުން.
  • މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބިދޭސީ މުވައްޒަފުންގެ ވިސާ، އިންޝުއަރެންސް އަދި ޕާސްޕޯޓް އާއި ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.
  • އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ ހަމަޖެއްސުމާއި އާކުރުން.
  • ބިދޭސީ މުވައްޒަފުންގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބަލެހެއްޓުން.
  • ބިދޭސީ މުވައްޒަފުން ފުރުވުމުގެ ހުރިހާ މަސައްކަތެއް ހަމަޖެއްސުން.
  • މަސައްކަތާއި ގުޅިގެން އެކި ތަންތަނަށް ކުރަންޖެހޭ ދަތުރުތައްކުރުން.
  • ކުންފުނީގެ ސައިޓްތަކުން ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ ބިދޭސީ މުވައްޒަފުން ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ މަސައްކަތެއް ހަމަޖެއްސުން.
  • މަސައްކަތާއި ގުޅުންހުރި ލިޔެކިޔުން ފައިލްކުރުމުގެ މަސައްކަތްކުރުން.
  • މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް ޑިޕާޓްމަންޓްގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.
  • އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށައަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 1 މެއި 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

24 އެޕްރީލް 2025