ބީލަން
ނަންބަރު: (IUL)400/PRIV/2025/11
ޕަބްލިޝްކުރި ތާރީޚް: 23 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 22:37
ސުންގަޑި: 05 މޭ 2025 12:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު (ލ.މާވަށު ކުޅި ވަށައިގެން ފެންސް ޖެހުން)

އިއުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

ބީލަމުގެނަން: ލ.މާވަށު ކުޅި ވަށައިގެން ފެންސް ޖެހުން

ބީލަން ނަންބަރު:

400/PROJ/2025/10

އިއުލާނު ނަމްބަރު:

(IUL)400/PRIV/2025/11

އިއުލާނުގެ ވަނަ:

01

ލ.މާވަށު ކުޅި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2025 މެއި 5 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001،   އެކައުންޓް ނަން: 1451 Revenue-1

މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ޕްރީ ބިޑް މީޓިންގ

މި ބީލަމުގެ ޕްރީ-ބިޑް މީޓިން ނޯންނާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2025 މެއި 6 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ.މާވަށު ކުޅި ވަށައިގެން ފެންސް ޖެހުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2025 މެއި 6 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9498383 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،

 

 

 

 

 

 

 

 

23 އެޕްރީލް 2025