ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގައި ސްޓާފް ފާޚާނާއެއް ހަދަން ބޭނުންވެގެން 16 ޖުލައި 2015 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު GS116(IUL)/2015/011 އިޢުލާނާ ގުޅިގެން އެކަމަށް އެދި ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކުން އެކަން އަންގަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި "ސްޓާފް ފާޚާނާ ހެދުމާބެހޭ" މިހެން ޖައްސަވާފައި އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
09 ޛުލްޤަޢިދާ 1436