ބީލަން
ނަންބަރު: (IUL)246/246/2025/24
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 28 އެޕްރީލް 2025 10:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫ މަސްޖިދުއްނޫރަށް މިންބަރެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް މިރަށު މަސްޖިދުއްނޫރަށް، މިންބަރެއް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އެޕްރިލް 28 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާގެ އީމެއިލް   [email protected] އަށް އީމެއިލް ކުރައްވާ ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުން އޮންނާނީ 2025 މޭ 4 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ތިލަދުންމަތި އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާ، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ކަމުގައިވެސް ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އެޕްރީލް 27 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 6500031 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އެޕްރީލް 2025