ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/49
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 23 އޮގަސްޓް 2015 16:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެއަރޕޯޓް ފަޔަރ ފައިޓަރ ޓްރޭނީ                     

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ސެކްޝަން

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސިއާއި ހިސާބުން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ އިން ދިވެހިން ދަށްވެގެން "ސީީ" ފާސް ލިބިފައިވުން.
  • އުމުރުން 18-25 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • ކުއްލި ކަމެއް ދިމާވެއްޖެ ޙާލަތެއްގައި އޮފީހަށް ހާޒިރުވެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެއަރޕޯޓުގައި/ ހުޅުލޭގައި ހިނގާފާނެ ކޮންމެ ފަދަ ހާދިސާއަކަށް ތައްޔާރުވެ ތިބުން.
  • ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންކުރެވޭ އެންމެހާ އުޅަނދުފަހަރާއި އިކުއިޕްމަންޓް ޗެކްކޮށް ބެލެހެއްޓުން.
  • ވޮޗްރޫމް ޑިއުޓީ އަދާކުރުން.

މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 12

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ކާރގޯ ސަރވިސަސް  

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން.
  • ޑްރައިވިންގ ލައިސަންސް B1 އާއި C1 ކެޓަގަރީ ލިބިފައިވުން. ފޯކްލިފްޓް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުން 25-40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް : މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓްރަކް ޓޯކޮށްގެން ޖެޓީއަށް ގެންދިއުން.
  • ފޯކްލިފްޓް ދުއްވަން ޖެހިއްޖެ ހިނދެއްގައި ދުއްވުން.
  • ކާގޯގެ ރިކުއަރމަންޓާ އެއްގޮތަށް ULD ގެނައުން.

މަޤާމު: ސެކިއުރިޓީ ގާރޑް

ބޭނުންވާ އަދަދު: 09

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ކާރގޯ ސަރވިސަސް  

ޝަރުޠު:

  • ގްރޭޑް 8 ގެ ފެންވަރުހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުން 20 - 40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ވަންނަނީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯ ޗެކްކުރުން.

ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ކާރގޯ ޕެކްކުރެވިފައިވޭތޯ ޗެކްކުރުން.

ކާރގޯ ހުސްކުރުމަށްޓަކައި، ކަސްޓަމަރުންނަށް ގުދަނަށް ވަދެވޭނެގޮތް ހަމަޖައްސައިދިނުން.

މަޤާމު: ޓޫލް ކީޕަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އޮޓޯމޯބައިލް ސަޕޯޓް ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 8 ގެ ފެންވަރުހުރުން.
  • ކޮމްޕިއުޓަރުން ފަރިތަކަމާއެކު މަސައްކަތްކުރަން އެނގުން.
  • އުމުރު: 18- 25 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/9،000 އާއި -/10،000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޓޫލް ރޫމްގައި ބެހެއްޓިފައިވާ ޓޫލްތަކާއި އެހެނިހެން ތަކެތި ތަރުތީބުކޮށް ބެހެއްޓުން. ޓޫލް އިންވެންޓްރީ ބަލަހައްޓައި، މުހިންމު މަޢުލޫމާތު ފަސޭހައިން ލިބޭނޭހެން ފައިލްކޮށް ބެލެހެއްޓުން.
  • ތެޔޮ، ކޫލަންޓް އަދި ބޮލްޓްއާއި ނަޓް ފަދަ ތަކެތީގެ އެންމެ ފަހުގެ ސްޓޮކް އަދަދުތައް ބަލަހައްޓައި، އެތަކެތީން އެންމެ މަދުވެގެން ހުންނަންވާވަރަށް ސްޓޮކް ބެހެއްޓުން.
  • ކަނޑައެޅިފައިވާ ވަގުތުތަކުގައި ޓޫލްރޫމް ހުޅުވައި، އެ ޓޫލްރޫމް ބޭނުންކުރާ ފަރާތްކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.

މަޤާމު: ސަޕޯޓް ސްޓާފް/ލޭބަރަރ

ބޭނުންވާ އަދަދު:  01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ޕަވަރޖަނަރޭޝަން ޖަނަރޭޝަން އެންޑް ޔުޓިލިޓީސް  

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމު ފެންވަރުހުރުން.
  • ޕަވަރޖަނަރޭޝަން ފިލްޑްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އުމުރުން 25-40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ލޭބަރަރއަށް ޙަވާލުކުރެވިފައި މަސައްކަތްކުރުން އަދި ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

މަސައްކަތުގައި ބޭނުންކުރަންޖެހޭ ބައެއް އާލާތްތައް ބޭނުންކޮށްގެން ވިނަގަނޑު ކޮށުން އަދި ގަސް ކޮށުން.

ބޭނުން ޖެހިއްޖެ ހިނދެއްގައި ވަޅުލާފައި ހުންނަ ކޭބަލްތައް ނެގުން.

ރެސްޓްރޫމް/ފާޚާނާ ޝެޑިއުލާ އެއްގޮތަށް ސާފުކުރުން.

މަޤާމު: ސަޕޯޓް ސްޓާފް/ލޭބަރަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ މެކޭނިކަލް ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމު ފެންވަރު
  • އުމުރުން 25-40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް : މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޙަވާލުކުރެވިފައިވާ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން. އޮފީސްތެރެއާއި ފަރުނީޗަރުތައް ޝެޑިއުލާ އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.
  • ސެކްޝަނުން ޑިޕާޓްމަންޓް/ ސެކްޝަނަށް ފޮނުވަންޖެހޭ ތަކެތި އެ ފަރާތްތަކަށް ޙަވާލުކުރުން.

މަޤާމު: އެސިސްޓެންޓް ޓެކްނީޝަން  

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ޓެކްނިކަލް ސަރވިސަސް ސެކްޝަން 

ޝަރުޠު:

  • ޑިޕްލޮމާ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ
  • އުމުރުން 18-40 އަހަރާ ދެމެދު.
  • މިދާއިރާގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއްކަމުގައިވުން.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ރިޕޯޓު ކުރެވޭ ފޯލްޓް ރެކޯޑް ކުރުމާއި، ރިޕޯޓުކުރެވޭ މައްސަލަތައް ހައްލުކުރުން.
  • ޝެޑިއުލާ އެއްގޮތަށް ރޫޓިންގ މެއިންޓެނަންސްގެ މަސައްކަތްތައް ކުރުން.
  • ފޯލްޓް ރެކްޓިފައި ކުރުމާއި އިންސްޓޮލޭޝަނާއި މެއިންޓެނަންސް މަސައްކަތްތަކާ ބެހޭ ރިޕޯޓު ތައްޔާރުކުރުން.
  • ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ސްޕެއަރޕާޓްސް ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ކުރިމަތިލުމުގެ ސުންގަޑި: 23 އޮގަސްޓު 2015 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

17 އޮގަސްޓް 2015