ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)133-AS/1/2015/28
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 27 އޮގަސްޓް 2015 14:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމު: މަސައްކަތު  

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1  

ރޭންކް:

އެސް. އެސް 1

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން/ ކަސްޓަމަރ ސަރވިސް ސެކްޝަން/ އެޑްމިން، ބަޖެޓް ހިއުމަންރިސޯސް އެންޑް ޖެނެރަލް ސަރވިސް/ މާލެ.

އަސާސީ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން. 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • އޮފީހުން ބަހަންޖެހޭ ސިޓީ/ޕާރުސަލް ގަވާއިދުން ބެހުން.
  • އޮފީސް ތެރެއާއި ފާޚާނާތައް ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  • ޕްރިންޓް ރޫމުން ކާޑުތައް ދޫކުރުމަށް ގެންގޮސް ދިނުން
  • އޮފީހުގެ އިސްވެރިޔާގެ ކޮޓަރިކޮޅު ސާފުކޮށް ބެލެހެއްޓުން
  •  އޮފީހުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވުން.

 

މި ވަޒީފާއަށް މީހަކު ހޮވުމުގައި ސައިކަލު ދުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރިޚަކާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323815 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްސް އެނގޭ ގޮތަށް)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ.ވެލާނާގެ ހަތަރުވަނަ ފަންގިފިލާ)

02 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015