ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – އިންފޮމޭޝަން ސިސްޓަމްސq
ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މި ކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމްގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގެ މަސައްކަތްތައް ކުރުން
މަޤާމު: ޔޫ.އައި./ ޔޫ.އެކްސް. ޑިވެލޮޕަރ (އަދަދު: 01)
ޝަރުޠު:
- ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.
- މަދުވެގެން 2 އަހަރުގެ UI/UX ޑިޒައިން ތަޖުރިބާ ލިބިފައިވުން
- ވެބް އަދި މޮބައިލް އެޕްލިކޭޝަންތައް ޑިޒައިންކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
- އެހެން މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން
- ވެބް ޑިޒައިން ކުރުމުގެ ހުރިހާ ހަރުފަތެއްގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
- އެޑޯބް އެޕްލިކޭޝަންތަކަށް ފަރިތަވެފައިވުން (ފޮޓޯ ޝޮޕް. އިލަސްޓްރޭޓަރ، ޑްރީމްވީވަރ، އަދި މިނޫނަސް ވެބް ޑިޒައިންކުރުމާ ގުޅޭ)
- ޒަމާނީ ވެބް ޕްލެޓްފޯމްތަކަށާއި HTML 5, CSS, JavaScript އާ ފްރޭމްވަރކްތަކަށް އަހުލުވެރިވެފައިވުން
- އެންޑްރޮއިޑް އަދި އައި.އޯ.އެސްއަށް މޮބައިލް އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ތަޖުރިބާ ލިބިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފްރަންޓް އެންޑް ސޮލިއުޝަންތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުން
- ފަންގޝަނަލް "UI" ރިކުއަޔަމަންސްޓްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
- ވޯރކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "UI" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން
- ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހޯދައި ބެލުން
- ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަފޭސަސް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
- ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން
- "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު " UI" ފަންގޝަނަލަޓީ އިމްޕްލެމެންޓް ކުރުން
- ސޮފްޓްވެއަރ އާ ބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަން ދިނުން
މުސާރަ: -/18،000 އާއި -/28،000 ރުފިޔާއާ ދެމެެދު
މުއްދަތު: 6 މަސްދުވަހުގެ ކޮންޓްރެކްޓް
ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 31 އޮގަސްޓު 2015 ވާ އަންގާރަދުވަހު މެންދުރު 12:00އެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.
އާސަންދަ ކޮމްޕެނީ ލޓޑ
ފޯން: 1400 960 301 + ފެކްސް: 1400 960 301 +
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]، ވެބްސައިޓް: www.aasandha.mv
ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.