ކުއްޔަށް ހިފުން
ނަންބަރު: (IUL)307/INDIV/2025/28
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 24 އެޕްރީލް 2025 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓާއި ގުޅޭ

އިޢުލާން

އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓާއި ގުޅޭ:

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމެންޓްގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށްޓަކައި 28 އޭޕްރީލް  2025ގައި މޮބިލައިޒްކުރުމަށް ހަމަޖެހިފައިވާތީ، މިޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ރަށަށް ވަޑައިގަންނަވާ، ދެންނެވުނު ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި  03 ކޮޓަރި، 03 ފާޙާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް، 01 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެވެ.

ވީމާ، ގެ ކުއްޔަށް ދިނުމަށް ބޭނުންވެލައްވާ ފަރާތްތަކުން، 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަނެއް ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަން އީމެއިލް ކުރައްވަން ބޭނުންފުޅުނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އެޕްރީލް 2025