ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ބޭނުންވާ އަދަދު: 2 (ދޭއް) |
މަސައްކަތު |
މަޤާމް: |
||||
-/1000 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/3100 ރުފިޔާ |
މުސާރަ: |
|||
އެސް. އެސް. 1 |
މަޤާމުގެ ރޭންކް: |
ތޮއްޑޫ ސްކޫލް / އިދާރީ ސެކްޝަން |
އޮފީހާއި ސެކްޝަން: |
|||
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
|||||
އއ. ތޮއްޑޫ |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
|||||
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
|||||
1. ހަވާލުކުރެވޭ ޢިމާރާތްތައް ކުނިކަހައި، ފޮޅައި، ސާފުކުރުން. 2. ސްކޫލުގެ ގޯތިތެރެއިން ހަވާލުކުރެވޭ ސަރަހައްދުތައް ކުނިކަހައި ސާފުކުރުން. 3. ސްކޫލުގެ ކްލާސްތަކާއި ހޯލް އެތުރުމާއި، ޖަލްސާފަދަ ކަންތައްތަކަށް ގޮނޑި އެތުރުމާއި، އެކަންތައްތައް ނިމުމުން، އެތަން ސާފުކޮށް، ކްލާސްތައް އެތުރުން. 4. ސްކޫލުން އެކިއެކި އިދާރާތަކަށާއި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން. 5. ސްކޫލުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން. 6. އޮފީހުގައި، ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިވެދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި، އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
|||||
1. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 1 އެޕްރީލް 2013 ގައިވާ ކަންކަމަށް ބެލޭނެއެވެ. 2. މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. 4. ގިނަވަގުތު މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްހުރި މީހެއްކަމުގައިވުން. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
|||||
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. - ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
|||||
1. ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަޞްލު) 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) 5. ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ލިޔުންތައް. 6. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤުހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު، މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|||||
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުގެ އޮފީހުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އޮގަސްޓު 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. |
ސުންގަޑި: |
|||||
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު، 2015 ސެޕްޓެންބަރު މަހުގެ ތެރޭގައި މި ސްކޫލުގައި އޮންނާނެއެވެ. |
އިންޓަވިއު: |
|||||
މަޢުލޫމާތު ހޯދުމަށް ގުޅާނީ 6660819 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލޫމާތު: |
2 ޛުލްޤަޢިދާ 1436