ވަޒީފާގެ ފުރުޞަތު
ނަންބަރު: AS/IUL/2015/0279
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:49
ސުންގަޑި: 31 އޮގަސްޓް 2015 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު – އިންފޮމޭޝަން ސިސްޓަމްސް

ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގެ މަސައްކަތްތައް ކުރުން

މަޤާމު: ސީނިއަރ ޑިވެލޮޕަރ (އަދަދު: 01)

ޝަރުޠު:

  • ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.
  • މަދުވެގެން 5 އަހަރުގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ތަޖުރިބާ ލިބިފައިވުން
  • "PHP"އަދި "MySQL" ން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • HTML” ، “CSS” އަދި “JavaScript” ފްރޭމްވަރކްތަކަށް ފަރިތަވުން
  • “Git” އަދި “SVN” ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން
  • ވެބް ޑިވެލޮޕްމަންޓް ތަޖުރިބާ އާއި އަދި "RDBMS" ގެ ތަޖުރިބާ ލިބިފައިވުން
  • “PHP” ފްރޭމްވަރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")
  • މިކުންފުނީގެ ފަރާތުންދޭ ޢަމަލީ ޓެސްޓުން ފާސްވުން

މަޤާމު: ސޮފްޓްވެއަރ ޑިވެލޮޕަރ (އަދަދު: 03)

ޝަރުޠު:

  • ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.
  • 2 އަހަރަށްވުރެ ގިނަ ދުވަހު ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ތަޖުރިބާ ލިބިފައިވުން
  • "PHP" އަދި "MySQL"  ން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • “Git” އަދި “SVN” ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން
  • ވެބް ތަރައްޤީ ކުރުމުގެ ތަޖުރިބާ އާއި އަދި "RDBMS"ގެ ތަޖުރިބާ ލިބިފައިވުން
  • “PHP” ފްރޭމްވަރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")
  • މި ކުންފުނީގެ ފަރާތުންދޭ ޢަމަލީ ޓެސްޓުން ފާސްވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީ އިމްޕްލެމެންޓް ކުރުން
  • "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ފަރުމާކޮށް ތަންފީޒުކުރުން
  • ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
  • ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން
  • ސަބް ޕްރޮޖެކްޓްތައް ފަށައިގަތުމަށްފަހު ނިމެންދެން ކުރިއަށް ގެންދިޔުން
  • ސަބް ޕްރޮޖެކްޓްސް މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓް، އަދި ޕްރޮޖެކްޓް ނިންމުމަށް ދާނެ މުއްދަތު، މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ޓީމަށް އާ ގުޅިގެން މަސައްކަތް ކުރުން
  • ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
  • ވޯކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "ޔޫ އައި" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން
  • ސޮފްޓްވެއަރ އާއި ބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަން ދިނުން

މުސާރަ: -/16،000 އާއި -/28،000 ރުފިޔާ އާ ދެމެދު 

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 31 އޮގަސްޓު 2015ވާ އަންގާރަދުވަހު މެންދުރު 12:00އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށައަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

އާސަންދަ ކޮމްޕެނީ ލޓޑ

ފޯން: 1400 301 960  ފެކްސް: 3636 301 960 +

ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]، ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

13 އޮގަސްޓް 2015