ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-FINHUM/1/2015/29
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:49
ސުންގަޑި: 30 އޮގަސްޓް 2015 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހިއުމަންރިސޯސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ހިއުމަންރިސޯސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 2، ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6295ރ، ސަރވިސް އެލަވަންސް: -/2000ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ ހިއުމަންރިސޯސް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ހިއުމަން ރިސޯސް/ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް/ މެނޭޖްމަންޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮފީހަށްބޭނުންވާ މަޤާމުތައް އުފެއްދުމާއި، މަޤާމުތަކަށް އިޢުލާންކުރުމާއި، އެމަޤާމުތަކަށް މީހުން ހަމަޖެއްސުމާއި ބަދަލުކުރުމާއި އަދި މަޤާމުތައް އުނިކުރުމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރާވައި ހިންގުން.
  • އޮފީހަށް ބޭނުންވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަރވިއުގެ މަސައްކަތްތަކާ އެފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ފޮނުވުމާއި އަދި އިންޓަރވިއުއާބެހޭ ހުރިހާ މަސައްކަތްތައް ރާވައި ހިންގުން.
  • މުވައްޒަފުންނަށް ތަމްރީނުދިނުމުގެ ގޮތުން އެކިއެކި ކޯސްތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގުން.
  • މުވައްޒަފުންގެ ރަޖިސްޓަރީ، ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓަރީ އަދި ހުސް މަޤާމުތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.
  • ރަސްމީގަޑީގައި ހުއްދަ ނުހޯދާ އަމިއްލަ މަސައްކަތުގައި ބޭރަށްދާ މުވައްޒަފުންނާމެދު ސިވިލްސަރވިސްގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ ކަންކަން ރާވައި ހިންގުން.
  • މުވައްޒަފުންގެ މުސާރަ ދިނުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާވައި ހިންގުން.
  • ހިއުމަން ރިސޯސް ޔުނިޓުގެ އެންމެހާ ކަންކަމެއް ރާވައި ހިންގުން.
  • ހިއުމަން ރިސޯސް ޔުނިޓުގެ ވާރކް ޕްލޭނާއި ބަޖެޓް ތައްޔާރުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ހިއުމަން ރިސޯސް/ މެނޭޖްމަންޓް ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  • ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޭޖެންސީގެ ވެބްސައިޓް  www.epa.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ހިއުމަން ރިސޯސް/ މެނޭޖްމަންޓާ ގުޅޭ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

01 ޛުލްްޤަޢިދާ 1436

16 އޮގަސްޓް 2015