ކުއްޔަށް ދިނުން
ނަންބަރު: (IUL)389/389/2015/42
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 27 އޮގަސްޓް 2015 10:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިލަންދޫ ކައުންސިލުގެ ތެލުގެ ވިޔަފާރި ކުރަމުން އައި އިމާރާތާއި ހަރުމުދާ ކުއްޔަށް ދޫކުރުމާ ގުޅޭ

ހިރިލަންދޫ ކައުންސިލްގެ ތެލުގެ ވިޔަފާރި ކުރަމުން އައި އިމާރާތާއި ހަރުމުދާ ކުއްޔަށް ދޫކުރުމާ ގުޅޭ

މިކައުންސިލުން ކުރަމުން އައި ތެލުގެ ވިޔަފާރި ހުއްޓާލައި ތަނުގައިހުރި ހަރު މުދަލާއެކު ބިން ކޮންޓްރެކްޓް އުސޫލުން 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ -/4,000 (ހަތަރުހާސް) ރުފިޔާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ބިޑް ހުށަހެޅުއްވުމަށް މިއިދާރާއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެފަރާތަކީ ކާކުކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަންވާނެއެވެ. އަދި ކުންފުންޏެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރާނަމަ ކުންފުނި ރަޖިސްޓަރީގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުނިތައް ތަމްސީލުކުރައްވާ ފަރާތްތަކާ އެހެން ފަރާތްތަކުގެ ނަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތްތަކުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

28 ޝައްވާލު 1436

13 އޮގަސްޓް 2015