ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
ގްރެފިކް ޑިޒައިނަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން: |
ސީނިއަރ އެގްޒެކިއުޓިވް |
އަސާސީ މުސާރަ: |
މަހަކު 9,250.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 3,700.00 ރުފިޔާ - ފޯން އެލަވަންސް: 450.00 ރުފިޔާ މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރެފިކް ޑިޒައިން / މަލްޓިމީޑިއާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ ދާއިރާއިން މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޮންސެޕްޓްތަކާއި އާޓްވޯކްތަކުގެ އިނީޝިއަލް ލޭއައުޓް ފަރުމާކޮށް އޭގެ ރިވިޝަންތައް ނިންމައި ހަވާލުކުރުން. - ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ފަދަ ތަފާތު މީޑިއަމްތަކަށް ބޭނުންވާ ވިޝުއަލް މެޓީރިއަލް ކޮންސެޕްޓަލައިޒްކޮށް، ޑިޒައިންކޮށް، ޑިވެލޮޕްކުރުން. - އުފެއްދުންތެރި ކެމްޕެއިންތައް ހިންގުމަށް ޓީމުގެ އެހެން މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުން. - ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ-މެސެޖިންގ ފޯރުކޮށްދޭ ވިޝުއަލް ޑިޒައިންތައް އުފެއްދުން. - ހުރިހާ ޗެނަލެއްގައިވެސް ކޮންސިސްޓެންސީ ކަށަވަރުކުރުމަށް ބްރޭންޑް ގައިޑްލައިންތަކާއި ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން. - އިމަރޖިންގ ޑިޒައިން ޓްރެންޑްތަކާއި ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އެކަށީގެންވާ ގޮތެއްގައި ޑިޒައިންތަކުގައި ހިމެނުން. - ވީޑިއޯ ކްލިޕްތަކާއި، ވީޑިއޯ ރިޕޯތްތަކާއި އަދި ކުރު އެނިމޭޝަންތައް އުފެއްދުމާއި އެޑިޓްކުރުން. - ކުންފުނީގެ ބްރޭންޑިންގއާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން. - ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓާއި ބްރޯޝާ، ކެޓަލޮގްތަކާ ގުޅުންހުރި ޑިޒައިން މަސައްކަތްތައް ކުރުން. - ކޮންސެޕްޓް ސްޓޭޖުން ފެށިގެން ފައިނަލް ޑެލިވެރީއާ ހަމައަށް ޑިޒައިންތައް އުފައްދައި، ކްރިއޭޓިވް ޕްރޮސެސްގައި އެކްޓިވްކޮށް ކޮންޓްރިބިއުޓްކުރުން. - ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ ޑިޒައިން އިންޕުޓް ފޯރުކޮށްދިނުން. - އުފައްދާ ހުރިހާ ޑިޒައިނެއް އާކައިވްކޮށް ބެލެހެއްޓުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 27 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާއިރު ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެދޭ ވަޒީފާގެ ނަން ޖެހުމަށް ދަންނަވަމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ނޯޓް: |
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މެއި މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
23 ޝައްވާލް 1446