ދިވެހިރާއްޖެ
އިޢުލާން
މަސްކަނޑާ ހަޓް (މަސްކެނޑުން ނޫން އެހެން ބޭނުންތަކަށް) ކުއްޔަށް ދޫކުރުމާ ގުޅޭ
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ 4 ވަނަ ދައުރުގެ 196 (2025 ވަނަ އަހަރުގެ 9) ވަނަ އާންމު ބައްދަލުމުގެ 3 ވަނަ އެޖެންޑާގެ ނިންމުމާއި އެއްގޮތަށް ކިނޮޅަހުގެ ބަނދަރު ކައިރީގައި ތަރައްޤީ ކުރެވިފައިވާ މަސްކަނޑާ ހަޓް، 21 އޭޕްރީލް 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރެވޭނެއެވެ. އެހެންނަމަވެސް، މަސްކަނޑާ ފަރާތްތަކުން، ތަން ކުއްޔަށް ނަގާކަށް އަދި އެއްވެސް ފީއެއް ދައްކާކަށް ޖެހިނުލައްވާނެއެވެ. ކުއްޔަށް ދޫކުރެވޭ ސަރަހައްދު އަދި ކަނޑައެޅިފައިވާ އަގުތައް ތިރީގައި މިވަނީއެވެ.
ތަން |
މުއްދަތު |
އަގު |
މަސްކަނޑާ ހަޓްގެ މަތީ ބައި |
ގަޑިއިރަކަށް |
50/- |
މަސްކަނޑާ ހަޓްގެ މަތީ ބައި އަދި ހަޓް ހުރި ސަރަހައްދު |
ގަޑިއިރަކަށް |
75/- |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ޝައްވާލް 1446
21 އޭޕްރީލް 2025