ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL-229-AHI/229/2015/41
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 24 އޮގަސްޓް 2015 15:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު: 221464

ބޭނުންވާ އަދަދު: 1 (އެކެއް) 

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4 (އޮފިސަރ ގްރޭޑް 2)

މަޤާމުގެ ކްލެފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސަރވިސް: ޓެކްނިކަލް ސަރވިސް

ޔުނިޓް: ބަޖެޓް އެންޑް ފައިނޭންސް

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މުސާރަ: 5020.00  ރުފިޔާ

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސްގެ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑް ލިބިފައިވައިވުމާއެކު، އޭގެ [އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ރަށު ކައުންސިލްތަކުގެ ބަޖެޓާބެހޭ އެންމެހައި ކަންކަން ހިނގާނުހިގާގޮތް ބަލައި މޮނިޓަރކުރުން.

2- ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް، ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރަށް، ރަށު ކައުންސިލްތަކުން ތައްޔާރުކުރާ ބަޖެޓް ހޯދުން.

3-  ކޮންމެ އަހަރެއްގެ ފެބުރުވަރީ 28 ވަނަ ދުވަހުގެ ކުރިން ރަށު ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ހޯދުން.

4- ރަށު ކައުންސިލްތަކުގެ ކޮންމެ މަހެއްގެ ބަޖެޓް ރިޕޯޓް ހޯދައި ބެލެހެއްޓުން.

5- ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް، ރަށު ކައުންސިލްތަކުން، ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންސަނަލް ޕްލޭނަށް ބިނާކޮށް ތައްޔާރުކުރާ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުވައި ހޯދުން.

6- ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް، ކުރިޔަށްއޮތް އަހަރުގެ އަތޮޅު ކައުންސިލްގެ ފައިނޭންސަލް ޕްލޭން ހެދުން.

7- ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް، އަތޮޅާއި ރަށްރަށުގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކޮށްފައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ފޮނުވުން.

8- ބަޖެޓް ވައުޗަރާއި ޗެކް ރަޖިސްޓްރީ ބެލެހެއްޓުން.

9- އަތޮޅު ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ ބަޖެޓް ކޮންޓްރޯލް ތައްޔާރުކުރުން.

10- އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓް ބެލެހެއްޓުން.

11- ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި ދެއްކުން.

12- އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓުގެ ރިކޮންސިލިއޭޝަން ރިޕޯޓް ތައްޔާރުކުރުން.

13- އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދުކުރުމަށް ބޭނުންވާ ކޭޝްފްލޯ ވައުޗަރ ތައްޔާރުކޮށްފައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.

14- އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓުން ކުރެވުނު ޚަރަދުގެ ރިޕޯޓް ތައްޔާރުކޮށް، އޯޑިޓް އޮފީހަށް ކޮޕީކޮށްފައި، މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.

15- އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާތަކަށް ވައުޗަރއާއި ޗެކްލިޔެ ފައިސާ ހަވާލުކުރުން.

16- އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އެލަވަންސާއި، އެހެނިހެން ފައިސާގެ ސީޓް ތައްޔާރުކުރުން.

17- މުވައްޒަފުންނަށް ލިބޭ މުސާރައާއި އެލަވަންސްފަދަ ފައިސާ މުވައްޒަފުންގެ ބޭންކް އެކައުންޓަށް ޖަމާކުރުން.

18- އަތޮޅު ކައުންސިލް އިދާރާގެ 1338 ޚަރަދު 1 އެކައުންޓް ބެލެހެއްޓުން.

19- އެސް.ޓީ.އޯ ކްރެޑިޓް ސްކީމުގެ ދަށުން މުވައްޒަފުން ނަގާފައިވާ ތަކެއްޗަށް މުވައްޒަފުގެ މުސާރައިން ކަނޑައި، ދައްކަންޖެހޭ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ފައިސާ ދެއްކުން.

20- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރައާއި އެލަވަންސާއި، އިތުރުގަޑީގެގޮތުގައި ދޫކުރެވޭ ފައިސާގެ ރިޕޯޓް، ހިނގާ މަހުގެ 10 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.

21- އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތު ތަޖުރިބާ ލިބިފައިވަނީ ބަޖެޓާއި ފައިސާއާބެހޭ ދާއިރާއިން ކަމުގައިވުން.

2- ކޮމްޕިއުޓަރުން އެކްސެލް ޕްރޮގްރާމުން ރަނގަޅަށް މަސައްކަތްކުރަން ދަންނަ މީހަކުކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4- އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހަކުކަމުގައިވުން.

5- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މީހަކުކަމުގައިވުން.

6- ރަށުން ބޭރުގައި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށް މަސައްކަތްކުރެވޭ މީހަކުކަމުގައިވުން.

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެޓިކަލްއާއި އިމްތިޙާނުކުރުން އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް، އީމެއިލުން ނުވަތަ ފެކުހުން ވެސް ހުށަހެޅިދާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ފުރހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓފިކެޓްތަކުގެ ކޮޕީ (އެކްރިޑޭޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އެމުވައްޒަފުގެ ވަޒީފާގެ މަސްޢޫލިއްޔަތާއި، މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާ ރު އިންފޮމޭޝަން ޔުނިޓާއި 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
  • މި މަޤާމަށް އިންޓަވިޔު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1 ޛުލްޤަޢިދާ 1436  

16 އޮގަސްޓް 2015