ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
އިތުރަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ތިރީގައި މިވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މިރަށު މިސްކިތްތަކަށް އެކި ދުވަސްވަރު ވަގުތީ މުދިމުން،އިމާމުން ބޭނުންވެއްޖެއެވެ.
މަޤާމް |
ވަގުތީ މުދިމު/އިމާމް (ވޭޖް އެމްޕްލޯއިމަންޓް) |
އޮފީސް / އިދާރާ |
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލްގެ އިދާރާ |
ސެކްޝަން |
އިކޮނޮމިކް، ސޯޝިއަލް، މުނިސިޕަލް، އެންޑް ޕްރޮޖެކްޓްސް ސެކްޝަން |
މަސައްކަތް ކުރަން ޖެހޭނެތަން |
މިސްކިތްތައް |
މަސައްކަތު ގަޑި |
ދުވާލަކު 05 ގަޑިއިރު މަސައްކަތް ކުރާގޮތަށް، ބަހާލައިގެން ކޮންމެ ނަމާދު ވަގުތަކަށް 01 ގަޑިއިރު ހިމަނައިގެން |
އުޖޫރަ |
މުދިމު: މަސައްކަތް ކުރާ ގަޑިއިރަކަށް -/53 (ފަންސާސް ތިނެއް) ރުފިޔާ އިމާމު: މަސައްކަތް ކުރާ ގަޑިއިރަކަށް -/61 (ފަސްދޮޅަސް އެކެއް) ރުފިޔާ |
ބޭނުންވާ އަދަދު |
04 މުވައްޒަފުން |
މަގާމުގެ ޝަރުތުތައް: |
މުދިމު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.
އިމާމު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ގާބިލުކަން ސާބިތު ކޮށްދިނުމާއެކު، އިމާމުގެ މަޤާމުގައި ޖީ.އެސް 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޤަބޫލުކުރަށްވާ ދީނީ މަރުކަޒަކުން، މަތި ސާނަވީ ސެޓުފިކެޓު ލިބިފައިވުން ނުވަތަ، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
ހުށަހަޅަން ޖެހޭ ލިޔުންތައް |
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
2. ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، ކައުންސިލް އިދާރާއަށް އެކަން އެންގުން. 3. މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން. 4. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
3. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ ނުވަތަ މެއިލް [email protected] އަށެވެ. މެއިލްއަށް ފޮނުވާ ލިޔެކިޔުންތައް ސާފުކޮށް ކިޔަން އިނގޭނެހެން ސްކޭންކޮށް ފޮނުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 މޭ 06 އާ 08 އާ ދެމެދު، ރ. ކިނޮޅަހު ކައުންސިލް އިދާރާގައެވެ. އިންޓަރވިއު ކުރިޔަން ގެންދާނީ ބޭނުންވާ އަދަދަށްވުރެން އިތުރަށް ކުރިމަތިލައިފައިވާ ނަމެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000312 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 4000312 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
23 ޝައްވާލް 1446
21 އެޕްރީލް 2025