ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)299/299/2025/10
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 24 އެޕްރީލް 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމާއި ގުޅޭ

އިޢުލާން            

ގޯތި ދޫކުރާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމާއި ގުޅޭ

 

މި އިދާރާގެ ނަންބަރު:(IUL)299/299/2024/16 (16 މެއި 2024) އިޢުލާނާއި ގުޅިގެން ބައެއްފަރާތް ތަކުން އިޖާބަދީ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ ދަންނަވަމެވެ. ވާދޫއިން ގޯތި ތައް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ފެށިފައިވާތީ، ރަށުގެ އުތުރުކޮޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ހުރި ސަރަހައްދު (ރ.ވާދޫ ޒަމާން އަދި ސަނަމްގެ އުތުރުން އޮތް ހުސްބިން) އަދި ދެކުނުކޮޅުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން (ރ.ވާދޫ އާލަމް ގޯއްޗާއި ގަބުރުސްތާނާއި ދެމެދު އޮތް ހުސްބިމާއި މަގުތަކުގައި) އަދި (ރ.ވާދޫ ފެނަކަ އޮފީހުގެ އިރުމަތިން އޮތް ހުސްބިމުގައި) އަމިއްލަ ފަރުދެއްގެ ރުކެއް ގަހެއް ހުރިތޯ ބެލުމަށް ބޭނުންވެއެވެ.

 

ވީމާ، ދެންނެވިފައިވާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުކެއް ގަހެއް ހުރިނަމަ، އެތަކެތީގައި ނަންބަރު ޖެއްސެވުމަށްފަހު 2025 އޭޕްރިލް 24 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން މި އިދާރާއަށް އެންގެވުމަށް ދަންނަވަމެވެ.

 

މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅުއްވާފައި ނުވާނަމަ، އެސަރަހައްދުތަކުގައި ނަންބަރު ނުޖަހާ ހުރި ރުއްގަހަކީ އިތުރަށް ބަދަލުދޭންޖެހޭ ރުއްގަހެއް ނޫން ކަމަށްބަލާ އެމައްސަލަ ނިންމާނެ ވާހަކަ ދަންނަވަމެވެ.

 

‏22‏ ޝައްވާލް‏ 1446

21 އެޕްރީލް 2025