ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/90
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 27 އޮގަސްޓް 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެސެންޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: މެސެންޖަރ

މުސާރައާއި އެލަވަންސް:

މަހަކު -/6200 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސަތްކަތްކޮށްފިނަމަ އިތުރުގަޑީގެ ސިޔާސަތާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

SS 2

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިން

މަޤާމުގެ ޝަރުޠު:

ގްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން، ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ރައްދުކުރަންޖެހޭ ރަސްމީ އަދި ނުރަސްމީ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ރައްދުކުރުން؛
  • ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކުންފުންޏަށް ގެންނަންޖެހޭ ރަސްމީ އަދި ނުރަސްމީ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ގެންނަންޖެހޭ ޙާލަތުގައި އެ ތަކެތި ގެނެސް ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާ ޙަވާލުކުރުން؛
  • ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލޭ ލިޔުންތަކާއި ފައިސާއާބެހޭ ލިޔުންތައް، އެ ތަންތަނަށް ގޮސް ރައްދުކުރުމާއި އަދި އެކި ތަންތަނުން ކުންފުންޏަށް ގެންނަންޖެހޭ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލޭ ލިޔުންތަކާއި ފައިސާއާބެހޭ ލިޔުންތައް، އެތަންތަނަށް ގޮސް ގެނެސް ކަމާބެހޭ މުވައްޒަފުންނާ ޙަވާލުކުރުން؛
  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި ޗެނަލްތަކުގެ ތެރެއިން ވަކި ބިލްޑިންގ ނުވަތަ ޢިމާރާތްތަކުގައި ހިންގާ ޑިޕާޓްމަންޓްތަކުން އަނެއް ޢިމާރާތުގައި ހިނގާ ޑިޕާޓްމަންޓް/ ޗެނަލްތަކަށް ގެންގޮސް ގެންނަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން؛
  • ކުންފުނިން އިންތިޒާމްކުރާ ޖަލްސާ/ ޙަފުލާ/ ޕާޓީތަކުގެ ދައުވަތު ކާޑް، އެ ކާޑެއް ރައްދުވާ މީހާގެ އެޑްރެހަށް ނުވަތަ ހުންނަ ތަނަކަށް ގޮސް ރައްދުކުރުން؛
  • ވަޒީފާއާ ގުޅޭ ކަމަކަށް ވަޒީފާގެ ރަސްމީ މަސައްކަތު ގަޑި ނުވަތަ ޑިއުޓީގަޑި ނޫން ވަގުތެއްގައި ނެރެންޖެހިގެން އެކަމަށް އަންގައިފިނަމަ، ހާޒިރުވެ، އެކަމެއް ކޮށްނިންމުން؛
  • ވަޒީފާއާ ގުޅުން ހުރި މި ނޫންވެސް މަސައްކަތެއް ކުރަން ކުންފުނިން ޙަވާލުކޮށްފިނަމަ، އެކަމެއް، އެކަށީގެންވާ އެއްބާރުލުމުގެ ރޫޙުގައި ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 އޮގަސްޓު 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015