ދިވެހިރާއްޖެ
ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
Workshop on Investing in Capital Markets
"ވާރކްޝޮޕް އޮން އިންވެސްޓިންގ އިން ކެޕިޓަލް މާކެޓްސް" ގެ ނަމުގައި 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހު ވާރކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވާރކްޝޮޕްގެ މައިގަނޑު މަޤުޞަދަކީ ކެޕިޓަލް މާރކެޓްގެ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމާއި މިދާއިރާއާގުޅޭ މަޢުލޫމާތު ހޯދާނެގޮތާއި އަދި ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާގައި އަމިއްލަ ހިއްސާދާރެއްގެ ހައިސިއްޔަތުން ކަންކުރަންވީގޮތް އޮޅުންފިލުވައިދިނުމެވެ. ދިވެހިބަހުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މިވާރކްޝޮޕްގައި ކިޔަވައިދެއްވާނީ ކެޕިޓަލް މާރކެޓާއި ފައިނޭންޝިއަލް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މީގެ އިތުރުން މިވާރކްޝޮޕްގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
ވީމާ، މިވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން http://goo.gl/forms/2nKHT12kVa ލިންކް މެދުވެރިކޮށް "އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ފޮނުއްވައިދެއްވުން އެދެމެވެ. ބައިވެރިވުމުގެ ފުރުޞަތު ދިނުމުގައި އެޕްލިކޭޝަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެވާހަކަވެސް ދަންނަވަމެވެ.
2 ޛުލްޤަޢިދާ 1436