ވަޒީފާގެ ފުރުޞަތު
ނަންބަރު: IS-HR/2015/35
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 30 އޮގަސްޓް 2015 13:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސްޕޯޓްސް ސުޕަވައިޒަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިސްކަންދަރު ސްކޫލް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ސްކޫލުގައި ހިންގާ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، އިސްވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

- ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޕީ.އީ ގަޑިތައް ނަގައިދިނުން.

- ސްކޫލުގެ ސްޕޯޓްސް އިންވެންޓްރީ ބެލެހެއްޓުން.

- އިންޓަރހައުސް މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށް، މުބާރާތްތައް ކުރިޔަށްގެންދިއުމުގައި އެހީތެރިކަން ދިނުން.

- ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ހޯދައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

- ކުޅިވަރާ ގުޅުވައިގެން ދަރިވަރުންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުން.

 

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން  "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

 

 

އިންޓަވިއުކުރުން:

  • މި   މަޤާމަށް   މީހުން   ނެގުމަށް   ހަމަޖެހިފައިވަނީ   އިންޓަވިޔު   ކުރުމަށް   ފަހުގައެވެ.  އިންޓަވިޔު  އޮންނާނީ،  31 އޮގަސްޓު 2015 އާއި 8 ސެޕްޓެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައި އިސްކަންދަރު ސްކޫލުގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު،  އޭގެތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ  އޮފީހުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން، 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، އިސްކަންދަރު ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3323244 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015