ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިރަށުގެ ބޮޑުމަގު ބައްތިތަކުގެ ކަރަންޓް ނެޓްވާރކް ކޭބަލް ލުމަށް ކޯރު ކޮނުމަށާއި ޑިސްޓްރިބިއުޝަން ފޮށީގެ ކޮންކްރީޓް ޑަކްޓްތަށް މިކައުންސިލުންދޭ ކުރެހުމާއި މަޢުލޫމާތާއި އެގޮތަށް ހަދާއިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ،އަމިއްލަ ފަރުދުން ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 27 އޭޕްރީލް 2025 ގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެއްވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
# |
ތަން |
ތާރީޙް |
ގަޑި |
|
1 |
ބީލަމުގައި ރަޖިސްޓްރީވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
20 އޭޕްރީލް 2025 އިން 27 އޭޕްރީލް 2025 އަށް |
00:14 އަށް |
2 |
ބީލަމުގެ މަޢުލޫމާތު ސެޝަން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
02 މެއި 2025 |
13:00 ގައި |
3 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. |
02 މެއި 2025 |
14:00 ކުރިން |
4 |
ބީލަން ހުށަހެޅުން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
06 މެއި 2025 |
13:00 ގައި |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޝައްވާލް 1446
20 އޭޕްރީލް 2025