ދިވެހިރާއްޖެ
ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، މިނިސްޓްރީގެ އޮޕަރޭޝަންތަކުގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ދައުލަތުގެ އިދާރާތަކުގެ ރިސްކް މެނޭޖްމަންޓް ކޮންޓްރޯލް، އަދި ގަވަރނަންސް ޕްރޮސެސްތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ މިނިވަން، އޮބްޖެކްޓިވް އެޝުއަރެންސް އަދި އެޑްވައިޒަރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ އިންޓަރނަލް އޮޑިޓް ޑިޕާޓަމަންޓްގެ ފަރާތުން މަސައްކަތް ކުރުމަށް އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]