ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/278
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 24 އޮގަސްޓް 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެނޭޖަރ

60ADM/2015/253 ނަންބަރު އިޢުލާނަށް އެކަށީގެންވާ ކެންޑިޑޭޓެއް ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: މެނޭޖަރ

އަދަދު: 1

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މުސާރަ: ހަމަޖައްސާނީ ލިބިފައިވާ މަސައްކަތު ތަޖުރިބާ އާއި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ގދ. ތިނަދޫ ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 3000.00ރ އާއި 5000.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓަންޓަންސް އެލަވަންސް ނުވަތަ ނޮން ޕްރެކްޓިސިންގ އެލަވަންސް ލިބޭނެއެވެ.
  • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • ފިހާރައިގެ އޮޕަރޭޝަނަލް އެންމެހައި މަސައްކަތެއް އޮޕަރޭޝަނަލް މެނުއަލްގައިވާ ގޮތަށް ކުރުން
  • ދަށުން މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ސުޕަރވައިޒް ކުރުން އަދި ސޭލްސް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  • ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި ފޯރކާސްޓް ކުރުމާއި އަދި އިންވެންޓްރީ ބެލެހެއްޓުން
  • ވިޔަފާރި ފުރުސަތުތައް ހޯދާ ރީޖަނަލް ސޭލްސް އޮފީހާއި ގުޅިގެން އެކަން ރާވައި ހިންގުން

ތަޢުލީމާއި ތަޖުރިބާ:

މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ބިޒްނަސް ދާއިރާއަކުން ޑިގްރީ ލެވެލްގެ ފެންވަރު ހުރުން

މަޤާމާ ގުޅޭ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ 

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 138 ނަމްބަރު ފިހާރަ (ގދ. ތިނަދޫ) ފިހާރައިންނާއި އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން  ހޮވުމުގައި ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާނެއެވެ. އަދި އިޢުލާނުގައި ފާހަގަ ކުރެވިފައިވާ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ނެތްނަމަ، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކީ ދެން އެމަޤާމަށް އެންމެ ޤާބިލު ފަރާތްކަމަށް ބަލާނީއެވެ.

ވަޒީފާ ހަވާލު ކުރުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް ނުވަތަ އެސްޓީއޯ ގދ. ތިނަދޫ ފިހާރަ، ދާންނާމަގު، ނަންބަރު 59، ގދ. ތިނަދޫ، ފޯން:3012675، 3344273

17 އޮގަސްޓް 2015