ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2025/47
ޕަބްލިޝްކުރި ތާރީޚް: 20 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 27 އެޕްރީލް 2025 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ކުއެންޓިޓީ ސަރވެޔަރ

ދައުލަތުގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ މަޝްރޫޢުތަކާއި، ޤައުމީ ތަރައްޤީގެ މަސައްކަތްތަކާއި، މިނިސްޓްރީން އިސްކަންދޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ މަޝްރޫޢުތަކަށް ހަމަތަކާއި އުޞޫލުތައް އެކަށައެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓުގެ މަސައްކަތް ކުރުމަށް ކުއެންޓިޓީ ސަރވެޔަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

20 އެޕްރީލް 2025