ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2015/28
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 02 ސެޕްޓެންބަރު 2015 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ކޯޕަރޭޓް ސެކްޝަން/ ޕަބްލިކް ވަރކްސް ސަރވިސަސް/ ތ.ވިލުފުށި މަގު މަރާމާތުކޮށް ބަލަހައްޓާ ޔުނިޓް

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: -/4,465ރ.
  • ސަރވިސް އެލަވަންސް: -/1,500ރ
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށަފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޔުނިޓަށް ބަލައިގަންނަ ހުރިހާ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، ލިޔެކިޔުންތައް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް އެތަކެތި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޙަވާލުކުރުން.
  • ޔުނިޓަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ގުޅާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޔުނިޓަށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިސެޕްޝަން އޭރިޔާއަށް ޒިޔާރާތްކުރާ ޢާއްމު ފަރާތްތައް ހިތްހަމަޖެހޭ ފަދަ ފެންވަރެއްގައި ސާފުތާހިރުކޮށް ބެލެހެއްޓުމާ ބެހޭ ހުރިހާ މަސައްކަތެއް ކުރުން. 
  • ޔުނިޓްގެ މަސައްކަތްތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން، އަދި މާލޭ އޮފީހަށް ދުވަހުން ދުވަހަށް ފޮނުވަމުން ގެންދިއުން.
  • ޔުނިޓަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ޔުނިޓުން އިދާރީ ގޮތުން ކުރާ އެކިއެކި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ފޯމު ހެދުމާއި، ސްޓޭޝަނަރީ ސްޓޮކް ބެލެހެއްޓުން.
  • ޔުނިޓުން ފޮނުވާ ނޯޓް، ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން.
  • ޔުނިޓްގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޔުނިޓްގެ މުވައްޒަފުންގެ ޙާޒިރީއާއި ޗުއްޓީއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
  • އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި މަސް ނިމުމުން ހާޒިރީ އަދި އިތުރުގަޑީ ރިޕޯޓް މާލެ އޮފީހަށް ފޮނުވުން.
  • މީގެ އިތުރުން ކުރަންޖެހުނު ޔުނިޓްގެ ކޮންމެ ކަމެއް ވެރިން އަންގަވާގޮތެއްގެ މަތިން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  • މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (ޢިއްޒުއްދީންމަގު، މާފަންނު / މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ސެޕްޓެންބަރު 2015 އިގެ ތާރީޚެއްގައި މިސަރވިސަސްގެ ތ.ވިލުފުށީ ޔުނިޓް އޮފީހުގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

03  ޛުލްޤަޢިދާ  1436

18 އޮގަސްޓް 2015