ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ގއ.ކޮލަމާފުށި ސައިޓުގެ ތިރީގައިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސަޕޯޓް ސްޓާފް |
ބޭނުންވާ ޢަދަދު: |
10 (ދިހައެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯޓް ސާވިސް – ގްރޭޑް 05 |
އަސާސީ މުސާރަ: |
މަހަކު 3,500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ - ހާޑްޝިޕް އެލަވަންސް: 1000 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގއ.ކޮލަމާފުށި ސައިޓުގައެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
އަސާސީ ތަޢުލީމު ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން. - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން. - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން. - މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން. ޕްރޮޖެކްޓް ސުޕަވައިޒަރު ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން. |
މަޤާމް: |
ވެލްޑަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ – ގްރޭޑް 3 |
އަސާސީ މުސާރަ: |
މަހަކު 4,500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ 25% - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15% އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޅ.ނައިފަރު ސައިޓުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން / މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ، މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސައިޓުގައި ކުރުމަށް ހަމަޖެހިފައިވާ ވެލްޑިންއާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. - ކުރެވޭ ހުރިހާ މަރާމާތެއް ވަކިން އެނގޭނެހެން ލޮގްކޮށް ބެލެހެއްޓުން. - ވަޒީފާއާ ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ޕޮލިސް ރިފޯޓް. (މުއްދަތު ހަމަނުވާ) |
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް / މެއި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. |
21 ޝައްވާލް 1446