ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ކޮމްޕިއުޓަރ ސާމާނުތަކެއް (ހަލާކުވެފައި ހުރި)
- އެއާކޯން ސާމާނުތަކެއް (ހަލާކުވެފައި ހުރި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 1,200.00ރ (އެއް ހާސް ދުއިސައްތަ ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00ރ (ސަތޭކަ ރުފިޔާ) އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލުމާތު ސާފުކުރުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެކަމަށާއި އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވަން އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ ނަންބަރު 7774573 ފޯނާ ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.
01 ޛުލްޤަޢިދާ 1436