ދިވެހިރާއްޖެ
މި ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ހުށަހަޅުއްވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތެވެ. މި ވުޒާރާގެ ފަރާތުން މި އަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައެވެ.
ވީމާ، މި ވުޒާރާއާ ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންފުޅުވާނަމަ އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 1 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާއަށް ޕްރޮޕޯސަލް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
މި އިއުލާނާއެކު "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިކަމުގައި މި ވުޒާރާގެ ފަރާތުން ވިލަރެސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް މުޙައްމަދު، ފޯނު ނަންބަރު 7930101 ކަމުގައި ދެންނެވީމެވެ.
17 އެޕްރީލް 2025