މަސައްކަތް
ނަންބަރު: (IUL)459-A/1/2015/79
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 25 އޮގަސްޓް 2015 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ ލ. އަތޮޅު އެފްސީއެސްސީ ޢިމާރާތުގެ ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/1/2015/66) އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސަސް ސެންޓަރު ހިންގުމަށްޓަކައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: IUL)459-A/1/2015/66) އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015