މަސައްކަތް
ނަންބަރު: (IUL)252/252/2025/38
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 07 މޭ 2025 13:05
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ ބަނދަރު ހިޔާ ހަދައިދޭނެ ފަރާތެއް ހޯދުމަށް

 

ނަމްބަރ:(IUL)252/252/2025/38

 

އިޢުލާން

 

 

މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ ބަނދަރު ހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                 މި ކައުންސިލުންދޭ މަޢޫލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ ބަނދަރު ހިޔާ ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                     ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLSfKyJP-hzAOBjea1EI2SOhaSgDcC8PvKZDAFAiPgH2M8QyeKA/viewform?usp=pp_url

 

 

 

 

ބީލަން ރަޖިސްޓްރީ ކުރުން

27 އޭޕްރިލް 2025 ވަނަ ދުވަހުގެ 13:30 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

28 އޭޕްރިލް 2025 ވަނަ ދުވަހުގެ 13:00ގައި ފިއްލަދޫ ކައުންސިލް އިދާރާގައި

ބީލަން ބަލައިގަތުން

07 މޭ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

07 މޭ 2025 ވަނަ ދުވަހުގެ 13:05 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

         

        ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                              19 ޝައްވާލް 1446ހ

                              17 އޭޕްރިލް 2025މ

17 އެޕްރީލް 2025