މަސައްކަތް
ނަންބަރު: (IUL)407-CA407/407/2025/7
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 20:20
ސުންގަޑި: 23 އެޕްރީލް 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފަތްމިނި މައިޒާން" ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

"ފަތްމިނި މައިޒާން" ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ                                               

                           ހުވަދުއަތޮޅޫ އުތުރުބުރީ ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ތަރައްޤީ ކުރާ "ފަތްމިނި މައިޒާން" ގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ އިޢުލާން ނަންބަރ (IUL)407-CA407/407/2025/4 އާއި ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓްތަކުގެ މުއްދަތަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ މުއްދަތަކަށް ނުވުމާއި މަސައްކަތް ތާވަލްގައި ހުންނަން ޖެހޭ އަސާސީ މައުލޫމާތު ފުރިހަމަ ކޮށްފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް "ފަތްމިނި މައިޒާން" ތަރައްޤީ ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.

                           މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 2025 އެޕްރީލް 17 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އެޕްރީލް 23 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]   އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް"  ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  

އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:

 

ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 17 އެޕްރީލް 2025 އިން 23 އެޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަން ހުށަހެޅުން: 27 އެޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް  ގުޅުއްވުން އެދެމެވެ.

                            17 އެޕްރީލް 2025              

17 އެޕްރީލް 2025