ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-S/23/2025/84
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 19:07
ސުންގަޑި: 31 ޑިސެންބަރު 2025 23:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ދޫކުރަން ފެށުމާއި ގުޅޭ

އިޢުލާން

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ދޫކުރަން ފެށުން

 

ޤާނޫނު ނަންބަރު 2010/15 " ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" ގެ ދަށުން އާންމުކޮށްފައިވާ، "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ޤަވާޢިދު" ( ޤަވާޢިދު ނަންބަރު: 2025/R-21 ) ގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި އެ ޤަވާޢިދުގެ 17 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ލައިސަންސްތައް ހޯދުމަށާއި، ޤަވާޢިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު  17އޭޕްރިލް 2025 އިން ފެށިގެން ހުޅުވާލެވިފައިވާ ކަމުގައި ދެންނެވީމެވެ.

ވީމާ، ތިރީގައި ލިސްޓް ކުރެވިފައިވާ ޚިދުމަތްތައް ލިބިގަތުމަށް OneGov (ވަންގަވް) ޕޯރޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިހާރު ދުންފަތުގެ ވިޔަފާރި ކުރައްވަމުން ގެންދަވާ ފަރާތްތަކުން މިއަދުން ފެށިގެން  3 މަސްދުވަހު ތެރޭގައި ލައިސަންސް  ނެންގެވުމަށް  ދެންނެވީމެވެ.

1-     ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް (Tobacco Vendor License)

2-      ދުންފަތުގެ ބާވަތްތައް އިމްޕޯރޓުކުރުމުގެ ލައިސަންސް (Tobacco Import License)

3-     ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯރޓުކުރުމުގެ ލައިސަންސް (Tobacco Re-export License)

4-     ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުން (Tobacco New Product Registration)

ބުނެވިދިޔަ ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން 5 އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް އައު ކުރައްވަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުންވުން އެދެމެވެ.            

" ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ޤަވާޢިދު" ގެ ދަށުން 5 އަހަރު ދުވަހަށް ދޫކުރާ ހުއްދަތަކާ އަދި އެ ހުއްދަ ތަކަށް ދައްކަންޖެހޭ ފީ ގެ ތަފްޞީލް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

ބުނެވިދިޔަ ޚިދުމަތްތަކަށް އެދި ހުށަހަޅުއްވާއިރު އެ ޚިދުމަތަކާއި ގުޅޭގޮތުން OneGov (ވަންގަވް) ޕޯރޓަލްގައި ޝާއިއުކުރެވިފައިވާ "ސަރވިސް ގައިޑްލައިންސް އެންޑް ކަންޑިޝަންސް" އަށް ސަމާލުކަންދެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. " ވަންގަވް" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިވާވެއްޖެނަމަ ގުޅުއްވާނީ ވަންގަވް ހޮޓްލައިން ނަންބަރ 1500 އަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected]  އަށެވެ.  

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ ޢިޢުލާނު ކުރީމެވެ.

18 ޝައްވާލު 1446 ހ.

17 އެޕްރީލް 2025