ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MQS/MQS/2025/14
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި:
23 އެޕްރީލް 2025 13:00
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލު ގޭޓު ބަދަލުކުރުމާއި ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން (އަލުން އިއުލާން ކުރުން)
މި ސްކޫލުން ކުރި ނަންބަރު:IULMQS/MQS/2025/10 އިޢުލާންގައިވާ މަސައްކަތްތަކަށް އިތުރު ބަދަލުތަކެއް ގެނެފިފައިވާތީ، އަލުން އިޢުލާން ކުރަމެވެ.
- މި ސްކޫލުން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ސްކޫލް ގޭޓު (އެކެއް) އަދި އެއް ފާޚާނާ (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް) ބޭނުންކުރެވޭ ގޮތަށް މަރާމާތުރުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ބިޑުގައި ރަޖިސްޓްރީ ކުރުމަށް 2025 އޭޕްރީލް 23 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އިޢުލާނުގައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވިމެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރީލް 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 28 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:15 ގައި ސްކޫލު މީޓީންގ ރޫމުގައި އެވެ.
- ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މައުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.
- ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތަކީ ވެރި ފަރާތްކަމުގައި ވުން އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ސިޓީއެއް ހުށަހެން.
- އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އަދި މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
-
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ފޯން: 3354903
އީ-މެއިލް: [email protected]
ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/k63pY48YeSh8Mxbm9
17 އެޕްރީލް 2025