ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)U7-HC/U7-HC/2025/2
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 24 އެޕްރީލް 2025 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މެޑިކަލް ލެބޯޓްރީ ޓެކްނީޝަން/މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު:

J-386454

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އއ. ފެރިދޫ ސިއްޙީމަރުކަޒު

މަޤާމުގެ އަސާސީ މުސާރަ:

މަޤާމުގެ ޝަރުތުތަކުގެ ބައިގައި ރޭންކުތައް ވަކިން ތަފްޞީލުކޮށް ލިޔެވިފައިވާނެ.

މަޤާމުގެ އެލަވަންސް:

މަޤާމުގެ ޝަރުތުތަކުގެ ބައިގައި ރޭންކުތައް ވަކިން ތަފްޞީލުކޮށް ލިޔެވިފައިވާނެ.

ޙާޟިރީ އިނާޔަތް

މަޤާމުގެ ޝަރުތުތަކުގެ ބައިގައި ރޭންކުތައް ވަކިން ތަފްޞީލުކޮށް ލިޔެވިފައިވާނެ.

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ބޭނުންކޮށްފައިވާ ތޫނު އާލާތްތައް ނައްތާލުން.
  2. ލޭނެގުމަށް ބޭނުންކުރާ އާލާތްތައް ހުރީ ސްޓެރައިލްކޮށްތޯ ކަށަވަރުކުރުން.
  3. ލެބޯރެޓަރީ އިކުއިޕްމަންޓްތަކުގެ ސެޓްއަޕްހަދައި ސާފުކޮށް އަދި މެއިންޓެއިން ކުރުން.
  4. ލެބޯރެޓަރީ ރިކުއިޒިޝަން ފޯމުތަކާއި ސްޕެސިމަން ޓިއުބުތައް ދިމާވޭތޯ ބެލުން.
  5. ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ބަޔޯހަޒާޑް ފްލުއިޑް ނުވަތަ ޓިޝޫފަދަ ތަކެތި ނައްތާލުން.
  6. ވަގުތު ކަނޑައެޅިފައިވާ ތަޙުލީލުތަކަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ސްޕެސިމަން ބަލައިގަތުން.
  7. ލެބޯރެޓަރީ އިން ހަދަންޖެހޭ ޓެސްޓުތައް ހެދުން.
  8. ސްޕެސިމަން ނުވަތަ ފްލުއިޑް ސާމްޕަލްތައް ލޭ ނަގާ ތަނަކުން/ ސްޓޭޝަންތަކުން، ރައްކާތެރިކަމާއެކު ލެބޯރެޓަރީއަށް ގެންދިއުން.
  9. ފްލުއިޑް ނުވަތަ ސާމްޕަލް ނެގުމުގެ ޕްރޮސީޖަރ ހިނގާނޭގޮތުގެ މަޢުލޫމާތު ބަލިމީހުންނަށް ދިނުން.

 

 

 

        

މަޤާމް

ޕަބްލިކް ސަރވިސް ރޭންކް

މަޤާމްގެ ޝަރުޠުތައް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ޙާޟިރީ އިނާޔަތް

މެޑިކަލް ލެބޯޓްރީ ޓެކްނީޝަން

ޕަބްލިކް ސަރވިސް ރޭންކް 5

1- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ޙާޙ

-/10,072

-/4,700

-/127 ރުފިޔާ މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް

މަޤާމުގެ މަސައްކަތުގެ ތަޖުރިބާ

މެޑިކަލް ލެބޯރެޓަރީއެއްގައި ތަހުލީލުކުރުމުގެ މަސައްކަތްތައް.

މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ޕަބްލިކް ސަރވިސް ރޭންކް 7

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،

-/13141

-/6132

-/166 ރުފިޔާ މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް

މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން.

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާ

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖީ، މެޑިކަލް ލެބޯރެޓަރީ ސައިންސް، ކްލިނިކަލް ލެބޯރެޓަރީ ސައިންސް، މެޑިކަލް ޓެކްނޯލޮޖީ، މެޑިކަލް ސައިންސް، ބަޔޯމެޑިކަލް ސައިންސް، ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ ޑައިގްނޯސްޓިކް މައި ކްރޯ ބަޔޮލޮޖ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާތަންތަނުގެތަޖުރިބާއަންގައިދޭރެފަރެންސްޗެކްފޯމް".

(ޅ)   މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައި ވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އެޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އއ.ފެރިދޫ ސިއްހީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (admin.aa.feridhoohc.aaah.gov.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2025 އޭޕްރީލް 28 ން 30 އާއި ދެމެދު، އއ.އަތޮޅު ހޮސްޕިޓަލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

17 އެޕްރީލް 2025