މަސައްކަތް
ނަންބަރު: (IUL)365-ESD/365/2025/53
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 30 އެޕްރީލް 2025 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލި ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކް: 4 ކޮޓަރި އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މުލި ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކް: 4 ކޮޓަރި އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލާއި، މ. އަތޮޅު ކައުންސިލް ގުޅިގެން މި ރަށުގައި ބިނާކުރާ "ހަތަރު ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކް" ގެ އެންމެހާ މަސައްކަތް  ކުރެހުމާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ( މި  އިމާރާތް  ޕްރީފެބްރިކޭޓެޑް ކޮށް ބިނާކުރުމަށް ވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.)

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓްރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮންޕެޓިޓިވް ބިޑިންގ ( އެން.ސީ.ބީ ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވުމަށް ބީލަމަށް ރަޖިސްޓްރީވުމަށް ގެޒެޓްކުރެވިފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ބިޑްރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައި ނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 2025 އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިޕްރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.

ބިޑްތައް ހުޅުވުން އޮންނާނީ 05 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00:00 ގައި މި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކަތޮޅު މުލި ކައުންސިލްގެ އިދާރާ

މ.މުލި ، ދިވެހިރާއްޖެ

ފޯން:  6720508

އީމެއިލް [email protected]:

ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

17 އެޕްރީލް 2025