ކުއްޔަށް ހިފުން
ނަންބަރު: 170-B/I/2015/30
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 24 އޮގަސްޓް 2015 13:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް

އިޢުލާން ބާޠިލުކުރުން

  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮށްފައިވާ ނަންބަރު: 21/2015/I/B-170 އިޢުލާނު ބާޠިލުކުރުން:

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގައިހުރި ފައިލްތަކާއި އެހެނިހެން މުދާ ރައްކާކުރުމަށް ގުދަނެއް ބޭނުންވެގެން ކުރި އިޢުލާނަށް އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 24 އޮގަސްޓު 2015 ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ  ޔުނިވަރސިޓީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮގަސްޓު 2015 ވާ (ހޯމަ) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޓެލެފޯނު ނަންބަރު: 3321295 އަށް ގުޅުއްވުން އެދެމެވެ.  

02 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015