ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-AT2/492/2025/47
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 30 އެޕްރީލް 2025 14:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމެއް ގއ.ކޮނޑޭގައި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ދައުވަތު

ގއ.ކޮނޑޭގައި ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިމިނިސްޓްރީގެ ފަރާތުން ފުރުޞަތު ހުޅުވާލަމެވެ. މި މަޝްރޫއާއި ގުޅޭ އިތުރު މައުލުމާތު މި އިއުލާން އާއިއެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިވަޑައިގަންނަވާނެެެެއެވެ.

ވީމާ، މި މަޝްރޫޢުތަކުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރިލް 2025ގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި ޕްރޮގްރާމްއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3033408 ނަންބަރަށް ގުޅުއްވުން އެދެމެވެ.

17 އެޕްރީލް 2025