ބީލަން
ނަންބަރު: (IUL)GS-73/GS-73/2025/07
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 27 އެޕްރީލް 2025 14:00
އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

  މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

މަސައްކަތް

މި ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށެހެޅުމަށް ރަޖިސްޓްރީ ކުރުން

17 އެޕްރީލް 2025 އިން 27 އެޕްރީލް 2025 ދެމެދު މި ސްކޫލުގެ އީ.މެއިލް  [email protected])) އަށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 6842092 ނުވަތަ 6842095 އަށް ގުޅުއްވުން އެދެމެވެ.

ޕްރީ ބިޑް މީޓިންގ ގެ މަޢުލޫމާތު

ގަޑި:  13:00

ތާރީޚް: 28 އެޕްރީލް 2025 (ހޯމަ)

ތަން: އަބޫބަކުރު ސްކޫލް

ބިޑްއާއި ބެހޭގޮތުން ސުވާލު ހުޝައެޅުން

ބިޑްއާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 29 އެޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން  މި ސްކޫލުގެ އީ.މެއިލް  [email protected])) އަށް ފޮނުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި

އަންދ   އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 05 މޭ 2025 ވާ ހޯމަ ދުވަހުގެ 13:00  އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ.

ޝަރުތު

މި މަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން

- ގުޅޭނެ ފޯނު ނަންބަރު

 

މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަނެއް"ގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 27 އެޕްރީލް ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

އީ-މެއިލް: [email protected]

17 އެޕްރީލް 2025

17 އެޕްރީލް 2025