ދިވެހިރާއްޖެ
ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ރަށްތަކުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން، ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލަމެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:
ބިޑް ރެޖިސްޓްރީވުމަށް، ބިޑް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 500ރ (ފަސްސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު އޭގެ ޓްރާންސްފާ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 24 އޭޕްރިލް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ފޯމާއެކު ވިޔަފާރި / ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ފޮނުވަންވާނެއެވެ.
ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރެޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާ ސްލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްތައް އީމެއިލް ކުރެވޭނެއެވެ.
ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ:
އެކައުންޓް ނަން: 1466 Revenue 1
އެކައުންޓް ނަންބަރ: 7712700467001
ޕްރީ ބިޑް މީޓިންގް
ބީލަމާއިގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުން 27 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގައި، ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ.
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:
ބިޑް ހުށަހެޅުން އޮންނާނީ، 11 މޭ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި "ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އާއިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން/ (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6820020 / 7916100 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.