ދިވެހިރާއްޖެ
ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު " ބ.ގޮއިދޫ ކައުންސިލް ވޮލީބޯލް ޗެލެންޖް 2025 " ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ވޮލީ ކޯޓުގައެވެ. މިއީ ބ ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން، ގޮއިދޫގެ ކުޅުންތެރިންނަށް އަމާޒުކޮށް ބާއްވާ ވޮލީ މުބާރާތެކެވެ. ޓީމުތަކުގައި ހިމެނޭނީ މިހާރު ކައުންސިލުން ބަހާފައިވާ ކުޅުންތެރިންނާއި، ރަށުން ބޭރު 2 ކުޅުންތެރިންނެވެ. އަންހެން ޑިވިޝަން ގައި ގައުމީ ޓީމްގެ ކުޅުންތެރިން ހިމެނިދާނެއެވެ. އެހެންނަމަވެސް ފިރިހެން ޑިވިޝަންގައި 2024 ގެ އެލީޓް ލިސްޓްގައި ހިމެނޭ ކުޅުންތެރިންނަކަށް ނުކުޅެވޭނެއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 20,000.00 (ވިހިހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10,000.00 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓީމް ލިސްޓް 01 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޓީމް ލިސްޓްހުށަހަޅާ ފޯރމް އަދި ގަވައިދު 20 އޭޕްރީލް 2025 އިންފެށިގެން މިކައުންސިލްއިން ލިބެންހުންނާނެއެވެ.
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.
19 ޝައްވާލް 1446