ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/IUL/2025/03
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 29 އެޕްރީލް 2025 12:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

އިންނަމާދޫ ސްކޫލް

ރ. އިންނަމާދޫ، ދިވެހިރާއްޖެ                                                                          

  ނަމްބަރ:  GS123/IUL/2025/03

17 އޭޕްރީލް 2025

އިޢުލާނު

މިސްކޫލުގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:

J-407132

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންނަމާދޫ ސްކޫލް ، ރ. އިންނަމާދޫ

މުސާރަ:

4465.00 ރ. (މަހަކު)

ސަރވިސް އެލަވަންސް:

1500.00 ރ. (މަހަކު)

އެހެނިހެން އެލަވަންސް ތައް:

- ސަޕޯޓިންގް ކޯރ އެލަވަންސް:    -/700 ރ

- ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންސަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް އަންނަފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި، ޚިދުމަތް ހޯދުމަށް ސްކޫލަށް އަންނަފަރާތްތަކަށް ޖަވާބުދާރީ ވުމާއި ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  1. ސްކޫލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އީމެއިލް އަދި އެހެނިހެން ގޮތްގޮތުން ސްކޫލްގެއެންޓްރީއަށް އަންނަ ސިޓީ، މެސެޖް،މެމޯ ފަދަ ލިޔުންތަކާއި، ބިލު ފަދަ ތަކެތި ޤަވާޢިދުން އެންޓްރީ ކުރުމާއި، ޙަވާލުވެ ހުރި ވެރިއެއްގެ ސޮއިކުރުވާ އެތަކެތި ރައްދުވާ ފަރާތްތަކަށް ލަސްނުކޮށް ޙަވާލުކުރުން.

   3. ސްކޫލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓު، މެމޯ، މެސެޖް ފަދަ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގެ ތެރޭގައި ފޮނުވުން.

   4. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކުގައި ޚިދުމަތް ދިނުމަށް ބޭނުންކުރާ މީމިސް، ކޮށަރު، ފަދަ ޕޯޓަލްތައް މެދުވެރިކޮށް ދަރިވަރުން ސްކޫލަށް ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަސް ބަދަލުކުރުމާއި ގުޅޭ އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މަޢުލޫމާތު އަދާހަމަކުރުން.

   5. ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ޓެކްސްޓް ފޮތާއި، ރިފަރެންސް ފޮތްތައް ހޯދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

   6. ސްކޫލުގެ ޔައުމިއްޔާ، ދުވަހުންދުވަހަށްލިޔެ، ޙަވާލުވެފައިވާ ވެރިޔެއްލައްވާ ސޮއިކުރުވާ ހަފުތާއަކު އެއްފަހަރު ފައިލްކުރުން.

   7. މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ގުޅިގެން އެންޓްރީއަށް ލިބޭ ލިޔެކިޔުންތައް ފަރުވާތެރިކަމާއި އެކު އެންޓްރީކޮށް، ލަސްނުކޮށް ކަމާއި ބެހޭ ވެރިޔަކާއި ޙިއްޞާކޮށް ވެރިޔާ އަންގަވާ ގޮތަކަށް އެފަދަ ތަކެއްޗާއިމެދު ޢަމަލުކުރުން.

   8. ސްކޫލުގައި ފާހަގަކުރާ ޚާއްޞަ ދުވަސްތަކާއި، އިވެންޓްތަކާއި، މުނާޞަބަތުތަކުގައި ބައިވެރިވުމާއި، އެކަންކަމުގައި އެއްބާރުލުން ދިނުން.

   9. ސްކޫލުގައި ބޭއްވޭ ބިޑުތަކާއި ގުޅޭ މަސައްކަތްތަކުގައި އެޑްމިނިސްޓްރޭޓަރަށް އެހީތެރިވެ ދިނުން.

   10. ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައް ތަކުގެ އިތުރުން ވެރިޔަކު ރަސްމީކޮށް ކަމެއް ޙަވާލުކޮށްފި ހިނދެއްގައި އެ ކަމެއް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

   11. ސްކޫލުގައި ބޭއްވޭ ޕީޓީއެސް ބައްދަލުވުންތަކާއި، އެހެނިހެން މީޓިންގްތަކަށް އަދި ޖަލްސާތަކަށް ބައްދަލުވުން ބޭއްވޭ ރޫމުތައް ސަޕޯޓު ސްޓާފުންގެ އެހީތެރިކަމާއި އެކު އިންތިޒާމުކުރުން.

   

 

މަޤާމުގެ ޝަރުޠު ތައް:

  1. ސާނަވީ ނުވަތަ އެ އާއި އެއް ފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއި އެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

   ނުވަތަ:

   2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 3 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއި އެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކަންޑަރީ        ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ޕްރިފަރޑް ޑިސިޕްލިން:   ނެތް

 ކޯ ޑިސޕްލިން:  ނެތް

ގުޅޭ ވަޒީފާގެ ދާއިރާ ތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ސްކޫލުގެ އިދާރާއިން އަދި ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެއެވެ.)
  2. https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި، އީ މެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،          މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ       އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު           މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން                ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)           ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި       ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ           ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

މި މަޤާމަށް ޢައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޭޕްރީލް 29 ވާ އަންގާރަ ދުވަހުގެ  މެންދުރު 12:00 ގެ ކުރިން، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމެންޓް އަދި އިންޓަރވިއު (ޕްރެސެންޓޭޝަން އޮންނަނަމަ، އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމެންޓް އޮންނާނީ 2025 އޭޕްރީލް 30 އާއި  2025 މެއި 08 އާއި ދެމެދު، އިންނަމާދޫ ސްކޫލު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިސްކޫލުގެ 6580359 ފޯނު ނަމްބަރ އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއިގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ އުޞޫލުތައް >"ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51))  އިން ލިބެން ހުންނާނެއެވެ.

 

17 އެޕްރީލް 2025