ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2025/63
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 23 އެޕްރީލް 2025 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންސީ

ދައުލަތުގެ ސިޔާސަތުތަކާއި ބަޖެޓް ކަނޑައެޅުންތަކަށް އާންމުންގެ ޝައުގުވެރިކަން އިތުރުވުމާއެކު، މިނިސްޓްރީގެ މުވާސަލާތީ އަދި އާންމު ގުޅުންތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ޕަބްލިކް އެންގޭޖްމަންޓާއި، މީޑިއާ ކޯޑިނޭޝަންއާއި، އިސްނެގުމާއި، ޕްރޮގްރާމްތަކާއި، މާލީ އިސްލާހުތައް ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރުމަށް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންސީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

17 އެޕްރީލް 2025