ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)270/INDIV/2015/52
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 23 އޮގަސްޓް 2015 14:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

މުދިމް

މަޤަމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ  ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 2 (ޖެނެރަލް ސަރވިސް)

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ:

މަހަކު 3565.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނެޓްކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރުމަށްފަހު، ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2- މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލް އިދާރާގެ އެކަމަށް ކަނޑައެޅިފައިވާ ސުޕަވައިޒަރަށް އެންގުން.

3- ރަމަޟާންމަހު މިސްކިތުގައި ތަރާވީޙް ނަމާދުކުރުން.

4- މިސްކިތުގައި ކަށުނަމާދު ކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

5- ކައުންސިލް އިދާރާގެ ފަރާތުން އިންތިޒާމްކޮށްގެން މިސްކިތުގައި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ، އެކަން ނިމެންދެން އިމާމްމީހާ މިސްކިތުގައި މަޑުކުރުން.

6- މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި، ކައުންސިލް އިދާރާގެ އެކަމަށް ކަނޑައެޅިފައިވާ ސުޕަވައިޒަރަށް އަންގައި، އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.

7- ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.

8- މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ތިބޭ މަސައްކަތުމީހުން ލައްވައި މިސްކިތް ފޮޅައި ސާފުކުރުވުމުގެ މަސައްކަތް ކުރުވުމާއި، ފާޚާނާތަކާއި އިސްކުރުބަރިއާއި، ގޯތިތެރެ ސާފުކުރުމުގެ މަސައްކަތް ކުރުވުން.

9- މިސްކިތް ހަވާލުކޮށްފައިވަނިކޮށް ބަލިވުން ނުވަތަ ކަމެއް ދިމާވެގެން މިސްކިތަށް ނުދެވޭގޮތް މެދުވެރިވެއްޖެނަމަ، ހަވާލުވެފައިވާ މިސްކިތުގެ އެއްވެސް ތަޅުދަނޑިއެއް ނުވަތަ ތަޅުދަނޑިތައް، އޮފީހުގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން

10- މިސްކިތުގެ މުދިމަކު އޮފީހަށް ނުކުމެ ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު މުދިމު މީހާއަށް ކަމެއްދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، އެދުވަހުގެ ބާކީ އޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ މުދިމުގެ ޒިންމާއެކެވެ. މިގޮތުން ހަވާލުކުރެވޭ މުދިމަކީ/ އިމާމަކި ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށް ވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހެއްކަމުގައިވުން. އަދި މިގޮތަށް ހަމަޖެއްސޭ މީހަކާބެހޭ މަޢުލޫމާތު ކަމާބެހޭ ކައުންސިލް އިދާރާގެ އެކަމަށް ކަނޑައެޅިފައިވާ ސުޕަވައިޒަރަށް އެންގުން.

މަޤާމް:

މަސައްކަތު

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑު މުނިސިޕަލް ސަރވިސަސް

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (2 އަހަރު ދުވަސް )

މުސާރަ:

މަހަކު 4000.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކައުންސިލުން ބަލަހައްޓަމުންދާ ކުނިއުކާލާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުން.

2- އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން، ހަވާލުކުރެވޭ ކަންތައްތައް ކުރުން.

3- އިދާރާގެ ގޯތިތެރެ ނުވަތަ އިދާރާއިން ބަލަހައްޓާ ތަންތަނުގެ ގޯތިތެރެ، އިދާރާއިން އަންގާގޮތެއްގެމަތިން ބެލެހެއްޓުން.

4- އިދާރާގެ ބޭރުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

5- ލޯކަލް ކައުންސިލްގެ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަން ދިނުން.

6- ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ސުންގަޑި:

2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- މުދިމު: ފުރިހަމކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު / ކޮންޓްރެކްޓް ވަޒީފާއަށް: ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މުދިމުގެ ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭނީ، ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ ޗެޕްޓަރު 10 ގައި މިސްކިތު މުވައްޒަފުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށެވެ.
  • މަސައްކަތު ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތްކުރަންޖެހޭނީ، ރަސްމީ ކޮންމެ ދުވަހެއްގެ 8 ގަޑިއިރުއެވެ.
  • މުދިމުގެ ވަޒީފާއަށް އިތުރުގަޑީގެ ފައިސާ ލިބޭނީ، ސިވިލް ސަރވިސް ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ކޮންޓްރެކްޓް ވަޒީފާއަށް އިތުރުގަޑީގެ ފައިސާ ލިބޭނީ މުސާރައިގެ 3/1 އެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ 2015 އޮގަސްޓު 25 ވާ އަންގާރަ ދުވަހުއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ 6520038 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޝައްޥާލް 1436

13 އޮގަސްޓް 2015