ބީލަން
ނަންބަރު: (IUL)415/415/2025/77
ޕަބްލިޝްކުރި ތާރީޚް: 17 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 24 އެޕްރީލް 2025 10:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ތަޤުވާ މިސްކިތު އެއަރކޮންޑިޝަންތަކުގެ މައްސަލަ ހައްލުކުރުން

އިޢުލާން

ތިނަދޫ ސިޓީ ތަޤުވާ މިސްކިތު އެއަރކޮންޑިޝަންތަކުގެ މައްސަލަ ހައްލުކުރުން

ތިނަދޫ ސިޓީ މަސްޖިދު ތަޤުވާގައި ހަރުކުރެވިފައިވާ އެއާރކޮންޑިޝަން ސިސްޓަމްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަމަށް ރަޖިސްޓްރީކުރެއްވުން

16 އޭޕްރިލް 2025 އިން 24 އޭޕްރިލް 2025އަށް

24 އޭޕްރިލް 2025 ގެ 10:00 ގެ ކުރިން

ތިނަދޫ ސިޓީ ކައުންސިލް ނުވަތަ އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

30 އޭޕްރިލް 2025

10:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

                          18 ޝައްވާލް 1446

17 އެޕްރީލް 2025