ދިވެހިރާއްޖެ
2 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް "ޓްރޭޑިއަން" (tradian.gov.mv) ޕްލެޓްފޯމް، 20 އޭޕްރިލް 2025 އިން ފެށިގެން، ރަސްމީކޮށް ބޭނުންކުރަން ނިންމުމާ ގުޅިގެން، އެމް.ޕީ.އެލްއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް މި ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، 1 ޖޫން 2025 އިން ފެށިގެން ޢިއުލާންގައި ފާހަގަކޮށްފައިވާ ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަންކަން މި ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިމްޕްލިމެންޓޭޝަން ފުރަތަމަ މަރުޙަލާގެ ދަށުން އެމް.ޕީ.އެލްގެ މަސައްކަތްތަކަށް ގެނެވޭ މައިގަނޑު ބަދަލުތައް
1. ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން
ޝިޕިންގ އޭޖެންޓުން އުޅަނދާ ގުޅޭ މަޢުލޫމާތު (ވެސެލް މާސްޓަރ އަޕްޑޭޓް) ސީދާ އެމްޕީއެލްއަށް ހުށަހެޅުމުގެ ބަދަލުގައި މި މަޢުލޫމާތު ޓްރޭޑިއަންގެ ޕްލެޓްފޯމަށް އަޕްޑޭޓްކުރުން. މިގޮތުން މިޕްލެޓްފޯމް މެދުވެރިކޮށް އެމް.ޕީ.އެލް އާއި ކަމާބެހޭ ހުރިހާ އިދާރާތަކަށް މިމަޢުލޫމާތު ލިބިގެންދާނެ.
2. ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުން (އީ.ޓީ.އޭ)
ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދު ފަހަރުގެ އެސްޓިމޭޓަޑް ޓައިމް އޮފް އަރައިވަލް (އީ.ޓީ.އޭ)ގެ މަޢުލޫމާތު ޝިޕިންގ އޭޖެންޓުން އެމްޕީއެލްއަށް ހުށަހެޅުމުގެ ބަދަލުގައި މި މަޢުލޫމާތު ޓްރޭޑިއަންގެ ޕްލެޓްފޯމަށް އަޕްޑޭޓްކުރުން.
3. ސީ ކާރގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން
"ޓްރޭޑިއަން" ޕްލެޓްފޯމް ބޭނުންކުރަން ފެށުމުން ޝިޕިންގ އޭޖެންޓުން ބީއެލްގެ މަޢުލޫމާތު ޑިޖިޓަލްކޮށް އެއް ފޯމެޓެއްގައި ހުށަހަޅާނީ ޓްރޭޑިއަން މެދުވެރިކޮށް. މި ބަދަލާއެކު ލިޔެކިއުންތައް ސްކޭންކޮށްގެން އެމް.ޕީ.އެލްއަށް ހުށަހަޅާކަށް ނުޖެހޭނެ. ޓްރޭޑިއަން މެދުވެރިކޮށް މި މަޢުލޫމާތު އެމް.ޕީ.އެލްއަށް ލިބިގެންދާނެ.
މި ބަދަލާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެމް.ޕީ.އެލްގެ ކޯލް ސެންޓަރ (ފޯން: 3329339) އަށް ގުޅުއްވުމަށް ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަދި ޓްރޭޑިއަންގައި ރަޖިސްޓްރީވުމާއި ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ޓްރޭޑިއަން ސަޕޯޓް (ފޯން: 3334001) އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.