ކުއްޔަށް ހިފުން
                	
                ނަންބަރު: PRC-MPL/IUL/2025/46
                    ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2025
                    ޕަބްލިޝްކުރި ގަޑި:  18:16
                                            ސުންގަޑި: 
                            28 އެޕްރީލް 2025 14:00
                        
                    
                މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މި ކުންފުނީގެ މެއިލްއޮޕަރޭޝަން ޑިޕާރޓްމަންޓްގެ މަސައްކަތްތައް ކުރުމަށް ހުޅުމާލެއިން އިމާރާތެއް ކުއްޔަށް ހިފުމާގުޅޭ
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ބީލަމާއި ބެހޭ މަޢުލޫމާތު:
 
މި ކުންފުނީގެ މެއިލްއޮޕަރޭޝަން ޑިޕާރޓްމަންޓްގެ މަސައްކަތްތައް ކުރުމަށް ހުޅުމާލެއިން އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ.
އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
| 
 ބީލަން ހުށަހެޅުން:  | 
|
| 
 ތާރީޚް:  | 
 28 އޭޕްރީލް 2025  | 
| 
 އެޑްރެސް/ތަން:  | 
 ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ  | 
| 
 ގަޑި  | 
 14:00  | 
2. ބީލަން ހުށަހެޅުމާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:
- ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ބީލަން ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
 - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
 - މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ ނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
 
3009292 – ޕްރޮކިއުމަންޓް ޔުނިޓް
                16 އެޕްރީލް 2025